logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާޖެންޓީނާ ބޮޑު ތަފާތަކުން ބްރެޒިލް ބަލިކޮށްފި

އަބްދުﷲ ޣާނިމް
26 މާރިޗު 2025 - 02:11
އާޖެންޓީނާ އާއި ބްރެޒިލް މެޗުގެ ތެރެއިން.
އާޖެންޓީނާ އާއި ބްރެޒިލް މެޗުގެ ތެރެއިން.

އާޖެންޓީނާ ސައިޒު ކުރާނެކަމަށް މެޗުގެ ކުރިން އިންޒާރުދިނުމަށްފަހު ނިކުތް ރަފީނިޔާ ސައިޒަށް ކަނޑާފައި ގެއަށް ފޮނުވައިފިއެވެ. ދެކުނު އެމެރިކާ (ކޮންމެބޯލް) ވޯލްޑްކަޕް ކޮލިފައިންގައި މިއަދު އާޖެންޓީނާ ވަނީ ހިތިގޮތަކަށް ވާދަވެރި ބްރެޒިލް 1-4 އިން ބަލިކޮށްފައެވެ.

ދެކުނު އެމެރިކާގެ އެންެމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ ރިވަރ ޕްލޭޓްގެ ސްޓޭޑިއަމްގައި ކުލުނު މިމެޗު ފެށީވެސް ގޯލަކުންނެވެ. އެގޮތުން އެންމެ 4 މިނެޓުތެރޭގައި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޖޫލިއަން އަލްވާރޭޒް ވަނީ ބްރެޒިލްގެ ގޯލު ފޫއަޅުވާލާފައެވެ. އަދި މެޗުގެ އެންމެ 12 ވަަނަ މިނެޓުތެރޭގައި އާޖެންޓީނާއިން ވަނީ ދެވަނަ ގޯލުޖަހައި ބްރެޒިލް ސިއްސުވާލާފައެވެ. މިގޯލު ކާމިޔާބުކޮށްފައިވަނީ އެންޒޯ ފެނާންޑޭޒް އެވެ.
މެޗުގެ ބްރެޒިލްގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި އާޖެންޓީނާގެ ޑިފެންޑަރ ރޮމޭރޯ އަށް ހެދުނު ގޯހަކާއި ގުޅިގެން ލިބުނު ބޯޅައަކުން ވުލްވްސް މެތިއަސް ކުންހާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ މެކަލިސްޓަރ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އާޖެންޓީނާގެ ފަހުގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި 68 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުން ޖޫލިއާނޯ ސިމިއޯނީ، އޭނާ ދަނޑަށް ނިކުތްތާ 3 މިނެޓު ތެރޭގައެވެ. މިއީ އާރޖެންޓީނާގެ ޖޯޒީގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ އާޖެންޓީނާގެ ސީނިއަރ ޓީމަށް ސިމިއޯނީ ކުޅުނު 2 ވަނަ މެޗެވެ. މުޅި މެޗުގައިވެސް ބްރެޒިލްގެ ޑިފެންސް ލައިނުން ފެނިގެންދިޔައީ ވަރަށް ދަށްކުޅުމެކެވެ.
މިމެޗުގައި އަނިޠާގެ ސަބަބުން އާރޖެންޓީނާގެ ކެޕްޓަން މެސީގެ އިތުރުން ބްރެޒިލްގެ ނޭމާ އަށް ނުކުޅެވުނެވެ.

މިމޮޅާއެކު ކޮލިފިކޭޝަން ތާވަކުގެ އެއްވަނައިގައި އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު، ބްރެޒިލް މިވަގުތު އޮތީ ތާވަލުގެ 4 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ ގަދަ ދެބާރުކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަށް ޝޮކެއްކުޅިވަރު | 8 ދުވަސް ކުރިންއާސެނަލްގެ މެރީނޯގެ ހެޓްރިކާއެކު ސްޕެއިނުން ތުރުކިޔޭ ހަމަބިމަށް ތިރިކޮށްފިކުޅިވަރު | 10 ދުވަސް ކުރިންބްރެޒިލް ފަސޭހަކަމާއެކު މޮޅުވިއިރު، މެސީ އާޖެންޓީނާގައި ކުޅޭ އެންމެ ފަހުމެޗުގައި މޮޅުކުޅުންތެރިޔާކަމަށްކުޅިވަރު | 13 ދުވަސް ކުރިންސްޕެއިން މޮޅުވިއިރު، ޖަރުމަން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ކޮލިފައިގައި ރަށުން ބޭރުގައި ބަލިވެއްޖެކުޅިވަރު | 13 ދުވަސް ކުރިން