logo
E-Platinum
ކުޅިވަރު

ޑިފެންޑިން ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ލީގު ފައިނަލަށް

އަބްދުﷲ ޣާނިމް
26 މާރިޗު 2025 - 02:50
މުއިވެޔޮގެ ކެޕްޓަން ނައިބްރައީސް ސެމްބެ ބޯޅަހިފައިގެން. ފޮޓޯ: އެފްއޭއެމް
މުއިވެޔޮގެ ކެޕްޓަން ނައިބްރައީސް ސެމްބެ ބޯޅަހިފައިގެން. ފޮޓޯ: އެފްއޭއެމް

އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ސެމީ ފައިނަލްގައި ފަހަތުން އަރައި މުއިވެޔޮ ފްރެންޑްސް ބަލިކޮށް، މުބާރާތުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ދަތުރުކޮށްފިއެވެ. މާފަންނު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސް ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް ވާދަކުރި ދެ ޓީމުގެ މެދުގައި ކުޅުނު ފޯރިގަދަ މެޗުގައި އެންމެ ފުރަތަމަ ލަނޑުޖެހީ މުއިވެޔޮ ފްރެންޑްސްއިންނެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ސުޖާއު އެވެ.

ނަމަވެސް މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ހުސައިން ޝިމާޒް (ކޮކީ) ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މެޗު ނިމެން އެންމެ މިނެޓެއް ބާކީ އޮއްވާ އަބްދުﷲ ޒުބައިރު ޖެހި ލަނޑާއެކު ހުޅުމާލެ ވެޓެރަންސް ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލުގައި ހުޅުމާލެ ވެޓެރަންސް ވާދަކުރާނީ ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށެވެ. ވިލިމާލެއިން ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޕޮލިސް ކުލަބު ބަލިކުރުމަށްފަހުގައެވެ.
ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު 16:10 ގައި އެފްއޭއެމް ޓަރފް 1 ގައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފުތާއެއްގެ ތެރޭގައި ފުޓްބޯޅަ ކަލަންޑަރު އެކުލަވާލައި އަތޮޅު މުބާރާތް މިއަހަރު ފަށަނީކުޅިވަރު | 2 ދުވަސް ކުރިންފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފް ރައީސްކަމަށް ތޯރިގް އިންތިހާބު ކޮށްފިކުޅިވަރު | 4 ދުވަސް ކުރިންޠާރިޤުއަށް އެފްއޭއެމް މެންބަރު ކުލަބުތަކުގެ ތާޢީދުއޮތްކަން އިލެކްޓޯރަލް ކޮމިޓީއިން އެފްއޭއެމް އަށް އަންގައިފިކުޅިވަރު | 20 ދުވަސް ކުރިންނިއު އާއި ވިކްޓްރީއަށް މެންބަރުކަންދީފައި އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސްކޮށްފިކުޅިވަރު | މަހެއް ކުރިން