logo
ޚަބަރު

ހިންމަފުށީ ރިހެބިލިޓޭޝަސް ސެންޓަރަށް 500 ޖާގަ އިތުރުކުރަނީ

އަޙްމަދު ޒަލީފް
26 މާރިޗު 2025 - 16:47
ހިންމަފުށީ ރިހެބިލިޓޭޝަސް ސެންޓަރަށް 500 ޖާގަ އިތުރުކުރަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތްކުރަމުން އަންނަ، ހިންމަފުށީ ރިހިބިލިޓޭޝަން ސެންޓަރުގެ ޖާގަ ފަސްސަތޭކަ މީހުންނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަޤްސަދުގައި، 1997 ވަނަ އަހަރު، ޖޫން މަހުގެ 26 ވަނަ ދުވަހު، ދިވެހި ސަރުކާރުން ހުޅުވި ސެންޓަރެކެވެ. އެސެންޓަރަށް 28 އަހަރު ފާއިތުވެގެން ދިޔައިރުވެސް ތަނުގެ މަރާމާތަށާއި، ޖަގަ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އެންޑީއޭއިން ފާހަގަކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ ފާއިތުވި ތަނުގައި މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތައް އިތުރުކޮށް އެ ތަންތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އެ ތަންތަން މަރާމާތުކޮށް ފަރުވާ ދެވޭނެ ޖާގަ އިތުރުކުރުމަށްޓަކައި މި ސަރުކާރު ވެރިކަމާ ހަވާލުވެ ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ. 

ރާޝިދު ވިދާޅުވީ ފަރުވާއަށް ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، މިހާރު ހުރި މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތް ކަމަށެވެ. މިހާރުގެ ޖާގައަކީ 200 މީހުންނަށް ފަރުވާދެވޭނެ ކެޕޭސިޓީކަމަށާއި، ނަމަވެސް ފަރުވާއަށް ބޭނުންވާ އެތައް ބަޔަކު މުޖުތަމަޢުގައި އެބަތިބިކަމަށެވެ.

އެހެންކަމުން މިހާރު އިތުރު 500 މީހުންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާޝިދު ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި މިހާރު ޖާގަ ހުރި މިންވަރަށްވުރެ 1000މީހުންގެ ޖާގައަށް އިތުރުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އެސެންޓަރުގައި ހުރީ 200 މީހުންގެ ޖާގައެވެ. ސަރުކާރުން ނިންމާފައިވަނީ މިދައުރުގައ އެ ޖާގަ 1000 މީހުންގެ ޖާގައަށް އިތުރުކުރުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއްޚަބަރު | 2 ދުވަސް ކުރިންހިންމަފުށީ ރިހެބިލިޓޭޝަސް ސެންޓަރަށް 500 ޖާގަ އިތުރުކުރަނީ ޚަބަރު | 5 މަސް ކުރިން