ފުލްހަމް އާ ދެކޮޅަށް ކުޅޭ މެޗަށް ސަކާ އެނބުރި އަންނާނެ ކަމަށް އާސެނަލް އުންމީދުކުރޭ

އަނިޔާގެ ސަބަބުން އާރސެނަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކުޅުމާއި ދުރުގައި ހުންނަތާ ގިނަދުވަސްތަކެއް ވަނީ ވެފައި. ފޯޓޯ: ސްކައި

27 މާރިޗު 2025 - 05:46
އިނގިރޭސި ޕްރިމިއަރ ލީގުގެ ދެވަނައިގައި އޮތް އާސެނަލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ބަކާޔޯ ސަކާ، އަންނަ ހަފްތާގައި ފުލްހަމް އާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވެދާނެ ކަމަށް ކުލަބުން އުންމީދުކުރާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ފުޓްބޯލް ލަންޑަނުން ރިޕޯޓުކުރި ގޮތުގައި، މިދިޔަ ތިން މަސް ދުވަހު ސަކާ ވަނީ ހެމްސްޓްރިންގް އޮޕަރޭޝަނަކަށް ފަހު ރިކަވަރީގައި އުޅެފައެވެ. މިދިޔަ ޑިސެމްބަރު މަހު ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ އެކި މުބާރާތްތަކުން ޖުމްލަ 19 މެޗު މިހާތަނަށް ވަނީ ގެއްލިފައެވެ.
އިންޓަނޭޝަނަލް ބްރޭކްގައި ސަކާ ވަނީ އޭނާގެ ރިކަވަރީގައި މަސައްކަތްކޮށް، ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަނިޔާ ލިބުނު ފަހުން މިހާތަނަށް 100 ދުވަހާ ގާތްކުރާއިރު، އަންނަ ހަފްތާގައި އޭނާ އެނބުރި ދަނޑަށް އަންނާނެ ކަމަށް ބެލެވެއެވެ.
އަދި ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ސަކާގެ އެނބުރި އައުމަށް މިހާރު ތިބީ ކެތްމަދުވެފައިވެފައެވެ. ސީޒަނުގެ އެންމެ މުހިންމު ހިސާބަށްދިޔައިރު އާރސެނަލްގެ ފުރަތަމަ 11 ގައި ކުޅޭ ހުރިހާ ފޯވާޑުންތައް ތިބީ އަނިޔާގައެވެ. އެހެންކަމުން ސަކާގެ އެނބުރި އައުމަކީ އާސެނަލްގެ ޕްރިމިއަރ ލީގު ޗެމްޕިއަންޝިޕް ހޯދުމުގެ ހުވަފެނަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމެކެވެ. ޕްރީމިއަރ ލީގުގައި އާރސެނަލް އަށް ގޯލުޖެމުގެ މައްސަލަތަކާއި ކުރިމަތިވެފައިވާއިރު، ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އަންނަ މަހުގެ 9 ވަނަ ދުވަހު އާރސެނަލް ރެއާލް މެޑްރިޑްއާއި ދެކޮޅަށް ނިކުންނާނެއެވެ.
އިތުރު ލިޔުންތައް

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
5 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި
5 މަސް ކުރިން