logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅައިފި

އާމިނަތު ޝަފާ
27 މާރިޗު 2025 - 07:12
ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޝަމްއާން ހައްޔަރު ކޮށްފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނާ ގޮތުގައި ޝަމްއާން ހައްޔަރުކުރެވުނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުން ޝަމްއާން ބަންދުކުރި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.

ބިދޭސީންގެ އަތުން ފައިސާ ހޯދި މައްސަލައިގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000( ފަސް ލައްކަ ތިރީސް ހާސް) ރުފިޔާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީޚަބަރު | 5 ދުވަސް ކުރިންޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހުޅުމާލެއިން ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންމާރިޗް މަހު ވައްކަމުގެ 281 މައްސަލައެއް، އެކްސިޑެންޓްގެ 269 މައްސަލައެއް!ޚަބަރު | މަހެއް ކުރިންގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 2 މަސް ކުރިން