logoEN
ކުޅިވަރު

ސަންޗޯ ޔުނައިޓެޑްގެ ޖޯޒީގައި ދެން ނުފެންނާނެ - ފަބްރީޒިއޯ

ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގައި ކުޅެމުންގެންދާ ސަންޗޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވޭ. ފޮޓޯ:: މިރާރ

ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގައި ކުޅެމުންގެންދާ ސަންޗޯއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވޭ. ފޮޓޯ:: މިރާރ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 މާރިޗު 2025 - 04:31

މެންޗެސްޓަރ ޔުނައިޓެޑްގެ ވިންގަރ ޖޭޑަން ސަންޗޯ އަލުން ޔުނައިޓެޑްގެ ޖޯޒީގައި ނުފެންނާނެ ކަމަށް ޓްރާންސްފަރ މާރކެޓްގެ ހަބަރުތައް ގެނެސްދޭ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ. އެގޮތުން އޭނާ ޗެލްސީގެ ލޯނު ކުޅުންތެރިޔާ އެކުލަބުގައި ދާއިމީ ވިޔަސް ނުވިޔަސް ވެސް ސަންޗޯ ޔުނައިޓެޑުގެ ޖޯޒީގައި ފެނުމަކީ ނާދިރުކަމެއް ކަމުގައި ބުނެފައިވެއެވެ. ސަންޗޯ މިވަގުތު ހުރީ ޔުނައިޓެޑުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގައެވެ.

ސަންޗޯ ވަޗެލްސީ އާއި ގުޅުނީ ނިމިދިޔަ އޯގަސްޓް މަހުގައެވެ. އެއީ ސީޒަން ނިމުމުން 25 މިލިއަން ޕައުންޑަށް ދާއިމީ ޓްރާންސްފަރއަކަށް ބަދަލުވާ ގޮތަށެވެ. ނަމަވެސް ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ޗެލްސީއަށް 5 މިލިއަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކައިގެން މި ޑީލް ބާތިލް ކުރެވިދާނެއެވެ.

"އަޅުގަނޑަކަށް ނުފެނޭ ޖޭޑަން ސަންޗޯ ދެން އަންނަ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭނެ ތަނެއް... އޭނާ ޔުނައިޓެޑަށް އެނބުރި ދިޔަ ކަމުގައި ވިޔަސް، އުއްމީދު ކުރެވެނީ ސަންޗޯ އެހެން ތަނަކުން އައު ފެށުމެއް ހޯދާނެ ކަމަށް،" ރޮމާނޯ ވިދާޅުވިއެވެ.

ސަންޗޯގެ މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތައް ވަނީ ހިތްހަމަޖެހޭ ފެންވަރެއްގައި ނޫނެވެ. ތިން އަހަރާއި ދެބައި ކުޅެ އޭނާއަށް ޖެހުނީ 14 ގޯލެވެ. އަދި ޗެލްސީގައި ވެސް އޭނާގެ ފޯމް ރަނގަޅެއް ނޫނެވެ. 28 މެޗުން ޖެހިފައިވަނީ އެންމެ ދެ ލަނޑެވެ.

ރޮމާނޯ ވިދާޅުވާ ގޮތުގައި ސަންޗޯގެ މުސްތަގުބަލް ކަނޑައެޅިގެންދާނީ ޗެލްސީގެ ފަހު މެޗުތަކުގައި އޭނާ ދައްކާ ކުޅުމަށް ބަލައިގެންނެވެ. އޭނާގެ ފެންވަރު ރަނގަޅު ނުވެއްޖެނަމަ ޗެލްސީން ޑީލް ބާތިލްކޮށް، ސަންޗޯ އައު ކުލަބެއް ހޯދަން ޖެހިދާނެއެވެ.

ކޮމެންޓް

871x217_placeholder