މަތީ ތަޢުލީމަށް ދޫކުރާ ލޯނުތައް ޝަރީއާ ކޮމްޕްލައިންޓް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ފަށައިފި


28 މާރިޗު 2025 - 06:37
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯނުތަކަކީ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ކަންކަން ތަންފީޒުކުރަން ފަށައިފި ކަމަށް މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ ލޯނުތަކެއްގެ ގޮތުގައި ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ކަންކަން ތަންފީޒުކުރުމަށް ވުޒާރާއަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް ވުޒާރާއިން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން، ލޯނާއެކު ހިމެނިފައިވާ އެއް އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުން.އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް ވަނީ އަންގަވަފައެވެ. އަދި، ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
އެހެންކަމުން ވުޒާރާއިން ރޭން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ވަގުތުން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި، އެކަމަށްޓަކައި ވާން ޖެހޭ އެންމެހާ ތައްޔާރީތައް ކުރިއަށްދަކަން ވެސް ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމުން ދައްކައިދެނީ ސައްތައިންސައްތަ އިސްލާމީ ދިވެހިރާއްޖޭގައި، ފައިސާއާ ގުޅޭ ކަންތައްތައް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސަކަން ކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް ވުޒާރާއިން ވަނީ ތަހުނިޔާއާއި ޝުކުރު އަދާކޮށްފައެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
9 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
9 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
9 މަސް ކުރިން