logo
ކުޅިވަރު

ބާސާ މެޗުގެ ތިން ޕޮއިންޓް ހޯދަން އޮސަސޫނާއިން ރަސްމީކޮށް އެޕީލްކޮށްފި

އަބްދުﷲ ޣާނިމް
29 މާރިޗު 2025 - 05:36
މާޓީނޭޒް އޮސަސޫނާއާއި ދެކޮޅަށް ކުޅުނުމެޗުގެ މައްސަލަ އެޓީމުން ވަނީ ހުށަހަޅާފައި. ފޮޓޯ: ވަން ފުޓްބޯލް
މާޓީނޭޒް އޮސަސޫނާއާއި ދެކޮޅަށް ކުޅުނުމެޗުގެ މައްސަލަ އެޓީމުން ވަނީ ހުށަހަޅާފައި. ފޮޓޯ: ވަން ފުޓްބޯލް

ބާސެލޯނާއާ ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި ފީފާގެ ޤަވާއިދު ބުނާގޮތުން ބާސާގެ ޑިފެންޑަރ އިނީގޯ މާޓިނެޒް އަށް ނުކުޅެވޭނެ ކަމަށް ބުނެ އޮސަސޫނާއިން ރޯޔަލް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ކޮމްޕެޓިޝަން ކޮމިޓީއަށް އެޕީލް ހުށަހަޅައިފިއެވެ.

އޮސަސޫނާއިން ބުނާ ގޮތުގައި އިނީގޯ މާޓިނެޒް މެޗުގައި ބައިވެރިވުމަކީ ފީފާގެ ޕްލޭޔަރ ސްޓޭޓަސް އަދި ޓްރާންސްފަރ ރެގިއުލޭޝަންގެ އެނެކްސް 1 ގެ 5 ވަނަ މާއްދާއާ ޚިލާފު ކަމެކެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މެޑިކަލް ސަބަބަކާ ހުރެ ގައުމީ ޓީމަށް ނުކުޅެވޭ ނުވަތަ ގައުމީ ޓީމުން ވަކިވާ ކުޅުންތެރިއަކަށް އިންޓަނޭޝަނަލް ބްރޭކް ނިމޭތާ ފަސް ދުވަހުގެ ތެރޭގައި އެ ކުޅުންތެރިއެއްގެ ކްލަބަށް ނުކުޅެވޭނެއެވެ. މިމެޗު ކުޅެފައިވަނީ އިނީގޯގެ ނަން ޓީމު ލިސްޓުން ބާކީކުރިތާ 4 ދުވަސްފަހުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނީގޯ މާޓިނެޒް ސްޕެއިންގެ ގައުމީ ޓީމުން ވަކިވެފައިވަނީ މާޗް 17 ގައި "ކަނާތު ކަކުލުގެ އިންޓަރނަލް ޕެރަމެނިސްކައިޓިސް" އެއްގެ ސަބަބުން ކަމަށް ބާސެލޯނާއިން ފޮނުވި މެޑިކަލް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް އޮސަސޫނާއިން ފާހަގަކޮށްފައިވެއެވެ.

އޮސަސޫނާއިން ބުނާ ގޮތުގައި މި މެޑިކަލް ވިތްޑްރޯވަލްގެ ސަބަބުން އިއްޔެ ކުޅުނު މެޗުގައި މާޓިނެޒްއަށް ނުކުޅެވޭނެއެވެ.ނަމަވެސް އޭނާ މެޗުގައި ބައިވެރިވެފައިވާތީ، އެކަމާ ގުޅިގެން އޮސަސޫނާއިން ވަނީ ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

އިނިގޯ މާޓީނޭޒް ރަސްމީކޮށް ސްޕެއިންގެ ޓީމު ލިސްޓުގައި ހިމެނިފައި ނުވާކަމަށާއި، އަދި މިމެޗުގައި ބައިވެރިވުމުގެ އެއްވެސް މައްސަލައެއް ނެތްކަމަށް ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން އަންގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައިގައި ކޮމްޕެޓިޝަން ކޮމިޓީން ނިންމާ ނިންމުމަކީ ލަ ލީގާގެ މި ސީޒަންގެ ވާދަވެރިކަމަށް ވެސް އަސަރުކުރާނެ ނިންމުމަކަށް ވެގެންދާނެއެވެ.
މިވަގުތު އެއްވަނައިގައޮ އޮތް ބާސެލޯނާ އާއި ރެއާލް މެޑްރިޑް އާއި ދެމެދު އޮތީ 3 ޕޮއިންޓުގެ ފަރަގެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއޭއާރު ނުލައި ޕެނަލްޓީގެ އެހީގައި ބާސާ މޮޅުވަނިކޮށް ޕެރޭޒް އެކަން ހުއްޓުވައިފިކުޅިވަރު | 3 ދުވަސް ކުރިންވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 4 ދުވަސް ކުރިންލަޕޯޓާ ބަނޑުއަޅައިފި! ބާސާއަށް ކޭމްޕްނޫގައި ކުޅުމުގެ ހުއްދަ ލިބުނުކަން ރަސްމީކޮށް އިޢުލާނުކުރަނީކުޅިވަރު | 4 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 6 ދުވަސް ކުރިން