logoEN
ކުޅިވަރު

ނިކޯ ވިލިއަމްސްގެ ސޮއި ހޯދަން ޗެލްސީއިން މަސައްކަތް ފަށައިފި - ރިޕޯރޓްސް

ވިލިއަމްސްގެ ސޮި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ޝައުގުވެރިވޭ.

ވިލިއަމްސްގެ ސޮި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ޝައުގުވެރިވޭ.

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 މާރިޗު 2025 - 11:05

އެތްލެޓިކް ބިލްބާއޯގެ ވިންގަރު ނިކޯ ވިލިއަމްސް ގެނައުމަށް ޗެލްސީގެ މެނޭޖްމަންޓުން މަޝްވަރާތައް ފަށައިފިކަމަށް ޓީމްޓޯކުން ރިޕޯޓުކޮށްފިއެވެ.

22 އަހަރުގެ ސްޕެނިޝް ކުޅުންތެރިޔާގެ އެއްބަސްވުމުގައި 58 މިލިއަން ޔޫރޯގެ ރިލީސް ކްލޯޒްއެއް ހިމެނޭކަމަށް އެ މަސްދަރު ބުނެފައިވެއެވެ. ނަމަވެސް، މި ސީޒަނުގައި ޗެމްޕިއަންސް ލީގަށް ޗެލްސީއަށް ނުގޮސްފިނަމަ، ވިލިއަމްސް ގެނައުމުގެ މަސައްކަތް އުނދަގޫވެދާނެކަމަށް ބެލެވެއެވެ. އެއީ ސްޕެނިޝް ކުޅުންތެރިޔާގެ އަމާޒަކީ ޗެމްޕިއަންސް ލީގުގައި ކުޅުން ކަމަށްވާތީއެވެ.

ވިލިއަމްސްގެ މިހާރުގެ އެއްބަސްވުން އެތްލެޓިކް ބިލްބާއޯއާއެކު 2027 ވަނަ އަހަރުގެ ޖޫން 30 އާ ހަމައަށް ދެމިގެންދާނެއެވެ. ޓްރާންސްފަރމާކެޓުން މި ކުޅުންތެރިޔާގެ އަގު ކަނޑައަޅާފައިވަނީ 70 މިލިއަން ޔޫރޯގައެވެ.މި ސީޒަނުގައި އެތްލެޓިކް ބިލްބާއޯއަށް ވިލިއަމްސް ވަނީ 37 މެޗު ކުޅެ، 9 ލަނޑު ޖަހައި، 7 އެސިސްޓް ދީފައެވެ. މި ކުޅުންތެރިޔާގެ ފާހަގަކޮށްލެވޭ ކުޅުމާއެކު، ޔޫރަޕުގެ އެތައް ބޮޑެތި ކުލަބުތަކެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން ބާސެލޯނާއިން ވިލިއަމްގެ ސޮއިހޯދުމަށް މިދިޔަ ސީޒަނުގައި ބޮޑެތި މަސައްކަތްތަކެއް ކުރިނަމަވެސް ވިލިއަމް ވަނީ ބިލްބާއޯގައި މަޑުކޮށްފައެވެ.

ކޮމެންޓް

871x217_placeholder