logo
ޚަބަރު

މާދަމާ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާ

އާމިނަތު ޝަފާ
29 މާރިޗު 2025 - 17:36
މާދަމާ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާ

މާދަމާ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

ސިޓީ ކައުންސިލުން މިކަން ހާމަކޮށް ބުނީ 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މި ގަޑީގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން މާދަމާ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ދޫކުރާނެކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

ވުމާއެކު ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައިމާދަމާ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ކައުންސިލުންވަނީ ބުނެފައެވެ.

އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 18 ދުވަސް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | މަހެއް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 2 މަސް ކުރިންހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ ޚަބަރު | 2 މަސް ކުރިން