logoEN
ޚަބަރު

ހުކުރު ދުވަސްތަކުގެ ހެނދުނު މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

25 ޖޫން 2025 - 09:52

ހުކުރު ދުވަސްތަކުގެ ހެނދުނުގެ ވަކި ވަގުތެއްގައި މާލޭެއާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭގޮތަށް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައެވެ.

މިގޮތުން މަޝްވަރާއަށްފަހު ކައުންސިލުން ނިންމީ ހުކުރު ދުވަސްތަކުގެ ހެނދުނު 6:00 އިން 9:00 އަށް ބަންދުކުރަން އެދޭ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދު ކުރުމަށެވެ.

މިހާރުވެސް ވަކި ހާއްސަ މުނާސަބާތަކާ ގުޅުވައި މާލެ ސަރަހައްދުގެ މަގުތައް ބަންދުކުރެއެވެ.

މާލޭގެ ބައެއް މަގުތައް 3 ގަޑިއިރަށް ބަންދުކުރަން ނިންމި އިރު މިކަމާ މެދު ފުލުހުންނާ މަޝްވަރާކުރައްވާނެކަމަށް ކައުންސިލުން ބުނެއެވެ.

ކޮމެންޓް

871x217_placeholder