logo
ޚަބަރު

އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ

އަޙްމަދު ޒަލީފް
14 ޖުލައި 2025 - 11:24
އޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ގެ ޝެލްޓަރބައި ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ހަވާލުކުރި އިރު ގިނަ ޙިދުމަތްތައް ހުރީ ގާއިމު ނުކޮށެވެ. އެހެންވުމުގެ ސަބަބުން އޮޅުހިޔާއިން ދޭން ޖެހޭ ގިނަ ޙިދުމަތްތަކެއް ވަނީ ހުއްޓިފައެވެ. ދިރޭތަކެއްޗާ ބޭހެ ވުޒާރާއިން މަސައްކަތްކުރަމުންދަނީ އޮޅުހިޔާގެ ހުރިހާ ޙިދުމަތްތަކެއް ޤާއިމުކޮށް ފެސިލިޓީ ހިންގުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމުކޮށްފައިވާ ތަނެކެވެ. 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

ދިރޭތަކެއްޗާ ބޭހެ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި އެ ވުޒާރާއިން ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓަރ ބައި 1 އަހަރު ދުވަހަށް، އެ ވުޒާރާއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ ޖުލައި 16 ވަނަ ދުވަހުގެ 13:00ގައި ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޖުލައި 22 ވަނަ ދުވަހުގެ 13:00ގައި ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުވަނީ އޮޅުހިޔާ ވުޒާރާއާ ހަވާލުކޮށްފައެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އެމްއެމްއޭ ކައިރިން މަގާއި ފަޅު މިއަދުން ފެށިގެން ބަންދުކުރަނީ ޚަބަރު | 17 ދުވަސް ކުރިންއޮޅުހިޔާގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނު ކުރެވޭގޮތަށް ކެޕޭސިޓީ އިތުރުކުރަނީޚަބަރު | މަހެއް ކުރިން 25 އަހަރުގެ ތަޖުރިބާއާއެކު ވަޑައިގެންނެވި މޭޔަރަށް އޮޑިޓްކުރަންޖެހޭކަންވެސް ނޭނގެނީތޯ؟ރިޕޯޓް | މަހެއް ކުރިންއޮޅުހިޔާގެ ޝެލްޓަރ ބައި ހިންގާނެ ބަޔަކު ހޯދަނީ ޚަބަރު | 2 މަސް ކުރިން