logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރު

އާމިނަތު ޝަފާ
30 މާރިޗު 2025 - 04:48
މިއީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރު

މި އަހަރަކީ އެންމެ ގިނައިން ފިތުރު ޒަކާތް ލިބުނު އަހަރުކަން މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދަައްކައިފިއެވެ.

ޒަކާތު ހައުސް އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 13 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބިފައި ވަނީ 12 މިލިއަން ރުފިޔާއެެވެ. އަދި 2023 ވަނަ އަހަރު 12 މިލިއަން ރުފިޔާ ލިބުނުއިރު، 2022 ވަނަ އަހަރު ލިބިފައި ވަނީ 11 މިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަހަރު ގޮވާމުން ބަލައިގަގަތީ 10،023.6 ކިލޯގެ ތަކެއްޗެވެ. މިދިޔަ އަހަރު ގޮވާމުން 12،959.29 ކިލޯ، އަދި 2023 ވަނަ އަހަރު 12،380.85ކިލޯ 2022ވަނަ އަހަރު 10،092.00 ކިލޯގެ ތަކެތި ބަލައިގަނެފައި ވެއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ބީއެމްއެލް މެދުވެރިކޮށް ޒަކާތުގެ ގޮތުގައި 7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާއިރު، އެމްއައިބީ މެދުވެރިކޮށް 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރުފިޔާ، ދިރާގު މެދުވެރިކޮށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ، އުރީދޫ މެދުވެރިކޮށް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައި ވެއެވެ. އޭގެ އިތުރުން، ފަހިޕޭ މެދުވެރިކޮށް 9 ލައްކައަށްވުރެ ގިނަ ރުފިޔާ، ބަނޑޭރިޕޭ މެދުވެރިކޮށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ، ޒަކާތު ހައުސްގެ ކައުންޓަރުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ އަދި ކައުންސިލްތަކުން 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައި ވެއެވެ.

ފަޤީރުންގެ ދަފްތަރުފައިވާ ކޮންމެ ފަރުދަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 4500 ރުފިޔާ ޖަމާކޮށްފައިވާއިރު މި ފައިސާގެ އިތުތުން ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް 500،000 (ފަސް ލައްކަ) ރުފިޔާ ހަދިޔާކުރުމަށް ވެސް ވުޒާރާއިން ވަނީ ނިންމާފައެވެ.

އަދި ގޮވާމުން މާލެ އޭރިއާގެ ކޮންމެ ފަޤީރަކަށް 15 ކިލޯ ބަހާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޝައިޚް މުޙައްމަދު އިމްތިޠާއުޢައްބާސް އައްޔަންކުރައްވައިފިޚަބަރު | މަހެއް ކުރިންމޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިޚަބަރު | 2 މަސް ކުރިންޒަކާތު ކައުންސިލަށް އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިޚަބަރު | 2 މަސް ކުރިން6 މަސްތެރޭގައި ޒަކާތު ފަންޑުން 30.7 މިލިޔަން ރުފިޔާ ހޭދަކޮށްފިޚަބަރު | 7 މަސް ކުރިން