އެމްބާއްޕޭގެ ފުރަތަމަ ފްރީކިކް ގޯލާއެކު މެޑްރިޑް މޮޅުވެއްޖެ

އެމްބާއްޕޭގެ ކެރިއަރުގައި ޖެހި ހަމައެކަނި ފްރީކިކް ގޯލު. ފޮޓޯ: ރެއާލް މެޑްރިދް

30 މާރިޗު 2025 - 10:00
ރިއަލް މެޑްރިޑްގެ ތަރި ކައިލިއަން އެމްބާއްޕޭގެ 2 ގޯލާއެކު ލެގަނޭސް އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. މި މޮޅުވުމާއެކު މެޑްރިޑް ވަނީ ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓް ހަމަވެފައެވެ. ރޭގެ މެޗުގައި އެމްބާއްޕޭ ވަނީ އޭނާގެ ކެރިއަރުގެ ފުރަތަމަ ފްރީކިކް ގޯލު ޖަހާފައެވެ.
ސެންޓިއާގޯ ބަރްނަބިއުގައި ކުޅުނު މި މެޗުގައި މެޑްރިޑްގެތިންވަނަ ގޯލު ޖެހީ ޖޫޑް ބެލިންގަމްއެވެ. މެޗުގެ 32 ވަނަ މިނެޓްގައި އަރްދާ ގުލަރަށް ފައުލްވުމުން ލިބުނު ޕެނަލްޓީއަކުން އެމްބާއްޕޭ ވަނީ މެޑްރިޑްގެ ފުރަތަމަ ގޯލު ޖަހާފައެވެ. ނަމަވެސް އެންމެ މިނެޓެއްގެ ތެރޭގައި ޑިއާގޯ ގާސިއާ ވަނީ ލެގަނޭސްއަށް އެއްވަރުކޮށްފައެވެ.
އޭގެ 8 މިނެޓް ފަހުން ޑާނީ ރާބާ ވަނީ ލެގަނޭސްއަށް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފުގެ ފެށުމާއެކު ބެލިންގަމް ވަނީ މެޑްރިޑްއަށް އެއްވަރުކޮށްފައެވެ. އަދި މެޗުގެ ނިމުމަށް 15 މިނެޓް އޮއްވާ އެމްބާއްޕޭ ވަނީ ފްރީކިކަކުން ރީތި ގޯލެއް ޖަހައި މެޑްރިޑްއަށް މޮޅުވުން ހޯދައިދީފައެވެ.
މި މޮޅުވުމާއެކު މި ސީޒަންގައި މެޑްރިޑް ވަނީ ފަހަތުން އަރައި މެޗުތަކުން މޮޅުވެ 18 ޕޮއިންޓް ހޯދާފައެވެ. މިއީ ލަލީގާގައި މިގޮތަށް ޓީމަކުން މިހާތަނަށް ހޯދާފައިވާ އެންމެ ގިނަ ޕޮއިންޓެވެ.ތާވަލުގެ ތިންވަނައިގައިވާ އެތްލެޓިކޯ މެޑްރިޑް ރޭގައި ވަނީ އެސްޕަންޔޯލް އަތުން 1-1 އިން އެއްވަރުވެފައެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
6 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
6 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
6 މަސް ކުރިން