ބްރޫނޯ ފެނާންޑޭޒް އަށް ރެއާލް މެޑްރިޑުން 90 މިލިއަން ޕައުންޑް ހުށަހަޅަނީ

ބްރޫނޯ އަކީ ފާއިތުވެދިޔަ 4 ސީޒަންތެރޭގައި ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔާ. ފޮޓޯ: ގޯލް

30 މާރިޗު 2025 - 10:15
މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ސޮއި ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން 90 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ރެއާލް މެޑްރިޑުން މި ވަގުތު ބްރޫނޯގެ ކުޅުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ކުލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ ބަދަލުގައި ގެންނަން ބޭނުންވާ ކުޅުންތެރިއަކީ ބްރޫނޯ ކަމަށް މަޢުލޫމާތު ލިބެއެވެ.ރެއާލް މެޑްރިޑުން މޮޑްރިޗް އަދި ކްރޫސްގެ ބަދަލުގައި ޕްލޭމޭކަރ އެއް ހޯދުމުގެ މަސައްކަތް ކުރާކަމަށް މާކެޓް ދިރާސާކުޜާ ފަރާތްތަކުންބުނެއެވެ. އެގޮތުން މެޑްރިޑުން ޤަބޫލުކުރަނީ ބްރޫނޯ އަކީ އެކަމަށް އެންމެ އެކަށޭނެ ކުޅުންތެރިޔާގެ ގޮތުގައެވެ.
ނަމަވެސް ޔުނައިޓެޑްގެ މެނޭޖަރު ރޫބެން އަމޮރިމް ވަނީ ބްރޫނޯ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށް ބުނެފައެވެ. "ބްރޫނޯއަކީ މި ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ. އޭނާގެ ލީޑަޝިޕަކީ ޓީމަށް ކޮންމެހެން ބޭނުން އެއްޗެއް،" އަމޮރިމް ބުންޏެވެ.
30 އަހަރުގެ ޕޯޗުގީޒް އިންޓަނޭޝަނަލް ކުޅުންތެރިޔާ ދޫކޮށްލުމަށް ޔުނައިޓެޑުން ބޭނުން ނުވި ނަމަވެސް، ކުލަބުގެ މާލީ ހާލަތަށް ބަލާއިރު، ބޮޑު އަގެއް ހުށަހަޅައިފި ނަމަ އެ ހުށަހެޅުމަކާ މެދު ވިސްނަން ޖެހިދާނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
6 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
6 މަސް ކުރިން
ޔޫއޭފާ ޔޫރޮފާލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ތިންވަނަ މެޗުންވެސް އެއްވަރުވެއްޖެ.
6 މަސް ކުރިން