logoEN
ޚަބަރު

ހުޅުމާލޭގައި ހަވާ އެރުވުމާއި ޑްރޯން ޝޯއަކުން އީދު ފާހަގަކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

30 މާރިޗު 2025 - 17:34

ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމާއި ޑްރޯން ޝޯއެއް ބާއްވައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމު ކޮށްގެން ބޭއްވި މި ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިރޭ 21:00 ގައި ހަވާ އެރުވުމަށްފަހު 15 ވަރަކަށް މިނެޓު ވަނީ ޑްރޯން ޝޯވ ކުރިއަށް ގެންގޮސްފައެވެ. މި ޝޯގައި އިސްލާމް ދީނާ ގުޅުންހުރި ބައެއް މަންޒަރުތަކާއި، ރާއްޖޭގެ ކަނޑުގެ ބައެއް ދިރުންތަކާއި، ސަގާފަތާ ގުޅުންހުރި މަންޒަރުތަކުގެ އިތުރުން އެޗްޑީސީއާ ގުޅުންހުރި މަންޒަރުތައްވެސް ދައްކާފައިވެއެވެ. އަދި ފަލަސްތީނުގެ މުސްލިމުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ދައްކާފައިވެއެވެ.

މި ހަރަކާތްތައް ބަލައިލުމަށް ސެންޓްރަލް ޕާކު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން އެއްވިއެވެ.

ސަރުކާރުން ދަނީ އީދަށް ރައްޔިތުން އުފާކޮށް ދިނުމަށް ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder