logoEN
ކުޅިވަރު

ބާސެލޯނާއިން ޖިރޯނާ ބަލިކޮށް ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ހޯދައިފި

ރޭގެ މެޗުގައި ލެވަންޑޮވްސްކީ ވަނީ ދެގޯލު ޖަހާފައި. ފޮޓޯ: ބާސެލޯނާ

ރޭގެ މެޗުގައި ލެވަންޑޮވްސްކީ ވަނީ ދެގޯލު ޖަހާފައި. ފޮޓޯ: ބާސެލޯނާ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

31 މާރިޗު 2025 - 03:27

ލަ ލީގާގައި ޜޭގައު ބާސެލޯނާއިން އަވައްޓެރި ޖިރޯނާ 4-1 އިން ބަލިކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. މި މެޗުގައި ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޮވްސްކީ ވަނީ 2 ލަނޑު ޖަހާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހުނީ ފުރަތަމަ ހާފުގެ ނިމުމުގެ 2 މިނެޓް ކުރިން، ލަމިން ޔަމާލްގެ ފްރީކިކެއް ޖިރޯނާގެ ޑިފެންޑަރު ލަޑިސްލަވް ކްރެޖްސީގައި ޖެހި ބައިކޮޅަށެވެ. ނަމަވެސް ދެވަނަ ހާފުގައި ޖިރޯނާގެ އަރނޯޓް ޑަންޖުމާ ވަނީ އެއްވަރުކޮށްފައެވެ.

ބާސެލޯނާގެ ކުޅުން ރަނގަޅުކޮށް މެޗުގެ 60 ވަނަ މިނެޓުގައި ލެވަންޑޮވްސްކީ ވަނީ އެކްރޮބެޓިކް ޝޮޓަކުން ލަނޑެއް ޖަހާފައެވެ. މެޗުގެ އޭނާގެ ދެވަނަ އަދި މިސީޒަނުގެ 25 ވަނަ ލަނޑު ޖެހީ 77 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޯންގްގެ ޕާހަކުންނެވެ. މެޗުގެ ފަހު ލަނޑު ޖެހީ ފެރާން ޓޮރެސްއެވެ.ލަލީގާގެ ގޯލު ޗާޓުގެ އެއްވަނައިގައި މިވަގުތު އޮތީ ލެވަންޑޮވްސްކީއެވެ..

މިސީޒަނުގައި ހުރިހާ މުބާރާތްތަކެއް އެކު ބާސެލޯނާއިން ވަނީ 45 މެޗުން 139 ލަނޑު ޖަހާފައެވެ. މިއީ ލަ ލީގާގެ އެއްވެސް ޓީމަކުން މި މަރުހަލާގައި ޖަހާފައިވާ އެންމެ ގިނަ ލަނޑެވެ. މި މޮޅު ނަތީޖާއާއެކު ބާސެލޯނާ މިހާރު ވަނީ 66 ޕޮއިންޓާއެކު ރިއަލް މެޑްރިޑަށްވުރެ 3 ޕޮއިންޓް އަދި އެޓްލެޓިކޯ މެޑްރިޑަށްވުރެ 9 ޕޮއިންޓް ކުރީގައެވެ.

ކޮމެންޓް

871x217_placeholder