logoEN
ދުނިޔެ

ޓްރަމްޕްގެ ޣައްޒާ ހުސްކުރާ ތަސައްވުރު ތަންފީޒުކުރާނެކަމަށް ނަތަންޔާހޫ ބުނެފި

އާމިނަތު ސަފާއާމިނަތު ސަފާ

31 މާރިޗު 2025 - 06:54

ޣައްޒާއަށް ވެރިވެގަނެ އެ ބިން ފޭރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެނެގުޅޭ ތަސައްވުރަކީ ހަގީގަތަކަށް ހެދުމުގެ ގޮތުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމަށް ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ޔަހޫދީ ޣައިރު ގާނޫނީ ދައުލަތުގެ ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ ހަނގުރާމައިގެ ބާރާއި ސިޔާސީ ޕްރެޝަރު އެއްކޮށްލުމަކީ ހަމައެކަނި އަސީރުން ސަލާމަތްކުރެވޭނެ ގޮތް ކަމަށެވެ.ނަތަންޔާހޫގެ ވާހަކަތަކަކީ ޔަހޫދީ ޣައިރު ގާނޫނީ ސަރުކާރާ ދެކޮޅަށް ޔަހޫދީން ކުރާ މުޒާހަރާތަކުގައި ނަތަންޔާހޫގެ އަމަލުތަކާ ހެދި އެމީހުންގެ ދަރިންނަށް ނުރައްކާ ވަމުންދާކަމަށާއި ނަތަންޔާހޫ އުޅެނީ އަމިއްލަ ސިޔާސީ މަންފާއަށް އިސްކަންދީގެން އަސީރުން މިނިވަންކުރަން ހުރަސްއަޅަންކަމަށް ބުނެ ގޮވާލަމުންދާ ގޮވަލުމާ ގުޅިގެންނެވެ.

ނަތަންޔާހޫ ދައުވާކުރާގޮތުން ޣައްޒާއަށް މިފަހުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް އަސީރުން ދޫކޮށްލުމަށް ހަމާސްއަށް ދަނީ މަޖުބޫރުކުރަމުންނެވެ.ނަތަންޔާހޫ ބުނެފައިވަނީ ޓްރަމްޕް ގެންގުޅޭ ގަދަބާރުން އަނިޔާވެރިކަމާއެކު ޣައްޒާގެ މައްޗަށް ވެރިވެގަތުމުގެ ޕްލޭން ތަންފީޒުކުރާނެކަމަށެވެ.ޣައްޒާއަށް ވެރިވެގަންނަން ބޭނުންވާ ކަން ޓްރަމްޕް ހާމަ ކުރީ މި އަހަރުގެ ފެބުރުވަރީ މަހުއެވެ. ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕް ބުނީ ޣައްޒާއަށް ވެރިވެގަނެ، އެއީ އެމެރިކާގެ ބިމަކަށް ހެދުމަށް ބޭނުންވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށް ފަހު، އެ ބިން ފަތުރުވެރި ކަމަށް ތަރައްގީކުރާނެކަމަށެވެ. ޣައްޒާ ހުސްކުރުމުގެ ގޮތުން އެ ސަހަރުގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މީހުން އުރުދުނާއި މިސްރަަށް ބަދަލު ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

ޓްރަމްޕްގެ މި ނިންމުމަށް އަރަބި ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް މިހާރުވެސް ޔަހޫދީން އަންނަނީ ބޮޑު ގަތުލުއާއްމެއް ހިންގަމުންނެވެ.

ކޮމެންޓް

871x217_placeholder