logoEN
ޚަބަރު

ހޮނިހިރު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރު: ސްޓެލްކޯ

އާމިނަތު ސަފާއާމިނަތު ސަފާ

31 މާރިޗު 2025 - 09:22

ހޮނިހިރު ދުވަހުގެ ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ހުކުރު ދުވަހާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ޕީކް ގަޑީގައި 104 މެގަވޮޓާއި ގާތްކުރާ އަދަދަކަށް ހޮނިހިރު ދުވަހު ކަރަންޓް ބޭނުން ކޮށްފައިވެއެވެ. ސްޓެލްކޯއިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ ހަވީރު 4:00 ގައެވެ. އެގޮތުން އެ ގަޑީގައި ކަރަންޓު ބޭނުންކުރި މިންވަރު ވަނީ 103.8 މެގަވޮޓަށް އަރައިފައެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުކަމަށް ފާހަގަ ކުރެވިފައިވާ ގަޑިތަކުގައި ކަރަންޓު އިގްތިޞާދު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ރޯދަ މަހު ކަރަންޓު ބިލުތަކުން ޑީސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިއަހަރުވެސް ރޯދަ މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯއިން ބުނެފައި ވަނީ އެންމެ މަދުވެގެން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި ޑިސްކައުންޓު ދިނުމުގައި ބަލާނީ ފާއިތުވި އެއް އަހަރު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށެވެ. އަދި އިތުރުވާ އަދަދަށް ޑިސްކައުންޓު ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް

871x217_placeholder