logo
ޚަބަރު

ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގައި ކިޔަވާ ކިޔެވުން ކުރު ކުރަން ޖެހޭނެ: ޝަހީމް

މުހައްމަދު މޫސާމުހައްމަދު މޫސާ
31 މާރިޗު 2025 - 17:51
ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގައި ކިޔެވުން ކުރު ކުރަން ޖެހޭނެ: ޝަހީމް

ޖަމާއަތް ބޮޑުވި ވަރަކަށް ނަމާދުގައި ކިޔަވާ ކިޔެވުން ކުރު ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައިވަނީ ނަމާދުގެ ޖަމާއަތްތަކުގައި އެކި ކަހަލަ ހާލަތްތަކުގައިވާ ދިގުކޮށް ނަމާދުކުރަން އުނދަގޫވާ އުޒުރުވެރިން ތިބޭނެކަން ވިސްނަންޖެހޭ ކަމަށް ފާހަގަކުރައްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތްތަކުގެ އިމާމުން ފިގުހުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި ފިގުހުވެރިވުމަކީ ޝަރުއުގެ ހުކުމްތައް އެ ވަގުތެއްގެ ހާލަތުގައި ކަން އޮތް ގޮތުގެ މައްޗަށް ފައްތައި އަމަލުކުރުމަށް ދަނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފިގުހުވެރިވުމަކަށް ކޮންމެހެން މާ މަތީ ޑިގްރީއެއް އޮތުން ލާޒިމެއް ނޫނެވެ. އަހުކާމްތަކަށް ތަތުބީގުކުރުމަށް ދެނެގަތުމުން ފުދޭނެ އެވެ،" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި އިމާމުން ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި ޖަމާއަތް ބޮޑުވި ވަރަކަށް ކިޔެވުން ކުރު ކުރުމާއި، ޖަމާއަތުގައި ނަމާދު ކުރަމުން ދަނިކޮށް ކުޑަކުދިން ރޯއަޑު އިވިއްޖެ ނަމަ ނަމާދު އަވަސް ކުރުން ހިމެނެއެވެ. އަދި ދަމުނަމާދާއި ޖަމާއަތުގައި ނަމާދުކުރާއިރު ރުކޫ އާއި ސުޖޫދު ކުރުމުގައި އެހާ ގިނަ އިރު އެ ގޮތަށް ނުތިބެވޭ ބަލިމީހުންނާއި އުޒުރުވެރިން ޖަމާއަތުގައި ތިބޭނެ ކަމަށް ވިސްނުމާއި، ގަދަ އަތްވައި ނުވަތަ ވިއްސާރަ ވެހޭ ވަގުތު ޖަމާއަތް ކުރުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ކައިރި ކައިރީގައި މިސްކިތްތައް ހުންނައިރު ކޮންމެ މިސްކިތަކުން ތާޅަފިލި ޖައްސައިގެން އަޑުހަރުކޮށް ނަމާދު ކުރާތީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާތަކަށް އިޝާރާތްކުރައްވައި، މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ މިސްކިތް ކައިރީގައި އެހެނިހެން މިސްކިތްތަކާއި މީހުން ދިރިއުޅޭ ގޭގޭ ހުރި ނަމަ، ތާޅަފިއްޔަށް ނަމާދު ކުރާ އަޑު ނުޖެއްސުމަކީ ވެސް އިމާމުން ފިގުހުވެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޒުވާން ޚަޠީބުން ޕްރޮގުރާމަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގެ ޕްރޮގުރާމެއް''ޚަބަރު | 22 ދުވަސް ކުރިންއުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގުމަށްފަހު ލަނޑުދީފިޚަބަރު | 2 މަސް ކުރިންޙައްޖުގައި ތިބޭ މުއްދަތު ކުރުކޮށްލިކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް: ޝަހީމްޚަބަރު | 3 މަސް ކުރިންދިވެހި ހައްޖުވެރިންނަށް ބޮޑު ލުޔެއް، ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިކޮށްފިޚަބަރު | 4 މަސް ކުރިން