logo
ޚަބަރު

''ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް''

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޯގަސްޓު 2025 - 17:49
''ޒުވާން ޚަޠީބުން ޕްރޮގުރާމަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގެ ޕްރޮގުރާމެއް''

ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ޙާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހު ވަޒީރު ވިދާޅުވީ، މި ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށެވެ. އަދި މިއީ ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެއްކަމަށެވެ. ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް ކަމަށްވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ޒުވާން ޚަޠީބުންނަށް ނަސޭޙަތްތެރިވެލެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދިނުމަކީ އުފާވެރި ކަމެކެވެ. މިކަމުން ދައްކުވައިދެނީ މި ޕްރޮގުރާމު މުޖުތަމަޢުން ބަލައިގެންފައިވާ މިންވަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން މިއަދު ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ''ޚަބަރު | 2 ދުވަސް ކުރިން"މަޢުރިފާ’ ފޮތް މަޢުރަޒު ފަށައިފިޚަބަރު | 5 ދުވަސް ކުރިންނެއްލައިދޫގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި ޚަބަރު | 6 ދުވަސް ކުރިންޒަކާތު ހައުސްގެ ފުރަތަމަ އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު: ވަޒީރު ޑރ. ޝަހީމްޚަބަރު | 9 ދުވަސް ކުރިން