logo
ޚަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ސިޓީ ކައުންސިލުން އެހީވަނީ

އަޙްމަދު ޒަލީފް
31 މާރިޗު 2025 - 18:32
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ސިޓީ ކައުންސިލުން އެހީވަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ މީހުނަށް މާލެ ސިޓީ ކައުންސިލުން ޑެސްކް ބަހައްޓަައިފިއެވެ.

ހުކުރު ދުވަހު ފިޔަވައި ކޮންމެ ދުވަހަކު އެ މޭޒުތަކުން ހިދުމަތް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފުތާގައި ޑެސްކުން ހިދުމަތް ދޭނީ  ހެނދުނު 10:00 އިން މެންދުރު 2:30 އަށް އަދި ރޭގަނޑު 9:30 އިން 11:00އަށެވެ. އަންނަ ހަފުތާއިން ފެށިގެން އޭޕްރީލް 15 އަށް ހިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00އަށެވެ.

މިދިޔަ ސަރުކާރުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ހަވާލުކުރުމުގެ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅާފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށް ކަމަށެވެ.

ވެރިފިކޭޝަން މަރުހަލާ ނިމުނުއިރު، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓަށް ވުރެން މަތިން ޕޮއިންޓް ލިބިފައި ވަނީ 1،423 ފަރާތަކަށް ކަމުގަ އެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 66 އިންސައްތަ ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިން4000 ފްލެޓްގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިއްޖެޚަބަރު | 2 މަސް ކުރިން ކުލި ނުދައްކާ 5000 ފްލެޓަށް ނޯޓިސް ފޮނުވަނީ ޚަބަރު | 3 މަސް ކުރިންހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓް ބޭނުން ކުރަން ފަށައިފި ޚަބަރު | 3 މަސް ކުރިން