logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ޓަވަރުތަކުގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

އިސްމާޢިލް ރާތިޢު
19 ޑިސެމްބަރު 2025 - 06:40
ހިޔާ ޓަވަރެއްގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި- ފޮޓޯ: އެޗްޑީސީ
ހިޔާ ޓަވަރެއްގެ ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ ބޭރުގައި އިތުރު ސީސީޓީވީ ކެމެރާތަކެއް ހަރުކުރުމުގެ މަސައްކަތް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ފަށައިފިއެވެ.

އެޗްޑީސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ކެމެރާތައް ބެހެއްޓިގެން ދިއުމުން، ހިޔާ ސަރަހައްދު މޮނީޓަރ ކޮށް ބެލެހެއްޓުން އިތުރަށް ހަރުދަނާވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރު ސީސީޓީވީ ކެމެރާ ހަރުކުރަނީ ޓަވަރުތަކުގެ ބޭރުގަ އެވެ.

ހިޔާ ޓަވަރުތަކުގެ އެތެރޭގައި ކޮންމެ ފުލޯ އެއްގެ އިތުރުން ސިޑިގޮޅިތަކާއި ލިފްޓުތަކާއި ބޭސްމަންޓުގައި މިހާރު ވެސް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ތަންތަނާއި އިމާރާތްތަކުގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަން އެސްޓޭޓް ސެކިއުރިޓީގެ ހިދުމަތް ވެސް އެޗްޑީސީން މި ހަފުތާގައި ވަނީ ތައާރަފުކޮށްފައެވެ.

ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފްލެޓުގެ 16 ޓަވަރު ހުޅުމާލެ ދެނަވަ ފިޔަވަހީގައި ހުރެއެވެ. އެޗްޑީސީން އަންނަނީ އެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނބަލުންނަށް ހާއްސަކޮށް ކަރަންޓު ސާމާނު މަރާމާތުކުރަން ދަސްކޮށްދޭ ހާއްސަ ކްލާސްތަކެއް އެޗްޑީސީން ކުރިއަށްގެންދަނީޚަބަރު | 17 ދުވަސް ކުރިންދެވަނަ ފިޔަވަހީގައި ގާއިމުކުރާ 'ސްކާޑާ' ސިސްޓަމްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފިޚަބަރު | މަހެއް ކުރިންއައްމަޓީގެ މައްޗަށް ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފުކުރަނީ ޚަބަރު | މަހެއް ކުރިންހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި މާފުކޮށްފިޚަބަރު | މަހެއް ކުރިން