ޑެނީ އޮލްމޯ އާއި ޕައު ވިކްޓޯގެ މައްސަލަ އޭޕްރީލް 7 ކުރިން ނިންމަނީ

ޕައު ވިކްޓޯ އާއި ޑެނީ އޮލްމޯ (ކ-ވ)

01 އޭޕްރީލު 2025 - 05:26
ބާސެލޯނާގެ ކުޅުންތެރިން ޑެނީ އޯލްމޯ އަދި ޕައު ވިކްޓަރގެ ކުޅުމުގެ ހުއްދައާ މެދު ސްޕެއިންގެ ސުޕީރިއަރ ސްޕޯޓްސް ކައުންސިލުން އެޕްރީލް 7 ގެ ކުރިން ނިހާއީ ނިންމުމެއް ނިންމާނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މި ދެ ކުޅުންތެރިންގެ މައްސަލައަކީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން ދިގުލައިގެން އައި މައްސަލައެކެވެ. އޭރު ސީއެސްޑީން ވަނީ މި ދެ ކުޅުންތެރިންނަށް ވަގުތީ ރަޖިސްޓްރޭޝަނެއް ދީފައެވެ. އަދި އެ ދެ ކުޅުންތެރިންގެ މައްސަލަ ބެލުމަށް ބާސެލޯނާއިން ހުށަހެޅި އިލްތިމާސް ބަލަމުންދާ ވަގުތު އެ ދެ ކުޅުންތެރިންނަށް ކުޅުމުގެ ހުއްދަ ދީފައިވެއެވެ.
ލަ ލީގާއިން މި ދެ ކުޅުންތެރިންގެ ލައިސަންސް ބާތިލުކުރުމާ ގުޅިގެން ބާސެލޯނާއިން ވަނީ އެކަމާ ދެކޮޅަށް އިލްތިމާސް ހުށަހަޅާފައެވެ. ސީއެސްޑީން ވަގުތީ ރަޖިސްޓްރޭޝަން ދިނުމުގައި ބުނެފައިވަނީ މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ހުއްދަ ނުދީފިނަމަ ކްލަބަށާއި ކުޅުންތެރިންނަށް ސީރިއަސް އިގްތިސާދީ އަދި ކުޅިވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.
މީގެ އިތުރުން، މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ހުއްދަ ނުދިނުމަކީ ސްޕެއިންގެ ގައުމީ ޓީމަށާއި ލަ ލީގާ ފަދަ އެހެނިހެން މުބާރާތްތަކަށްވެސް ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސީއެސްޑީން ފާހަގަކޮށްފައިވެއެވެ. އަދި "ކުޅުންތެރިންގެ ހުނަރާ އެކަށީގެންވާ ކުޅިވަރުގެ ކެރިއަރއެއް ބިނާކުރުމުގެ ހައްގު އެ ކުޅުންތެރިންނަށް ލިބިގެންވާ" ކަމަށްވެސް ސީއެސްޑީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސުޕީރިއަރ ސްޕޯޓްސް ކައުންސިލުން މި ހަފްތާގެ ތެރޭގައި ބަޔާނެއް ނެރޭނެ ކަމަށް ބެލެވެއެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
6 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
6 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
6 މަސް ކުރިން