logoEN
ޚަބަރު

މިއަހަރުވެސް އެންމެ ގިނައީ އެކްސިޑެންޓްގެ މައްސަލަތައް

އާމިނަތު ސަފާއާމިނަތު ސަފާ

01 އޭޕްރީލު 2025 - 06:25

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެކްސިޑެންޓުގެ 762 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ވައްކަމާ ގުޅުންހުރި 667 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

މީގެ ތެރެއިން ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހު 234 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވާއިރު، ފެބްރުއަރީގައި އިތުރަށް 61 އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ 378 މައްސަލަ، ގެއްލިގެން ހޯދާ ތަކެތީގެ 234 މައްސަލަ އަދި ތަކެއްޗަށް ގެއްލުންދިނުމުގެ 151 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިރުރުން މިދިޔަ 16 އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅައިފައިވަނީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތެކެވެ.

އެގޮތުން ވައްކަމުގެ 95،064 މައްސަލަ ، މަސްތުވާތަކެތީގެ 41،316 މައްސަލަ، ޓްރެފިކް އެކްސިޑެންޓުގެ 40،240 މައްސަލަ، ގެއްލިގެން ހޯދާ ތަކެތިީގެ 27،158 އަދި މާރާމާރީގެ 20،966 މައްސަލަ ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް

871x217_placeholder