އައްޑުއަށް ގެންދިޔަ 1.8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި


01 އޭޕްރީލު 2025 - 06:35
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން ގެނައި، 1.8 މެގަވޮޓްގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޑިއާއިން ގެނައި 1.8 މެގަވޮޓުގެ ޖަނަރޭޓަރު އައްޑޫ ސިޓީއަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ.
ފެނަކައިން ބުނީ އައްޑޫ ސިޓީއަށް އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށާއި އަދި އައްޑޫގައި ހަލާކުވެފައި ހުރި 3 ޖަނަރޭޓަރުގެ ތެރެއިން 1 ޖަނަރޭޓަރު މަރާމާތުކުރުމަށްފަހު މިއަދު ބޭނުންކުރަން ފަށާފައިވާކަމަށެވެ.
އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން ރަމަޟާން މަހުގެ ކުރިންނާއި، މި ރަމަޟާން މަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ފެނަކައިން ވަނީ ފަސް އިންޖީނު ގެއެއްގެ މޭޖާ ސަރވިސްތައް ކޮށް، ތިން އިންޖީނެއްގެ އޯވަހޯލް މަސައްކަތް ކޮށް، 18 އިންޖީނެއްގެ ޕްރިވެންޓިވް މެއިންޓެނެންސް މަސައްކަތް ކޮށްފައިވެއެވެ.
އައްޑޫގެ އިންޖީނުގޭގެ ވެންޓިލޭޝަން ރަނގަޅުކޮށް، ޖަނަރޭޓަރު ސެޓްތަކުގެ ޕަރފޯމަންސް އަދި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. ނަމަވެސް މި މަސައްކަތަށް ރާއްޖެއިން ބޭރުން ބޭރުން ބައެއް ތަކެތި ގެންނަން ޖެހޭތީ، މަސައްކަތް ނިންމާލުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކައިން ލަފާކުރެއެވެ.
އިތުރު ލިޔުންތައް

ފެނަކައިގެ މުވައްޒަފުން ތަމްރީނުކުރުމަށް ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
8 މަސް ކުރިން
އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ނިންމަވައިފި
8 މަސް ކުރިން
ފުވައްމުލަކަށް 1200 ކިލޯގެ ޖެންސެޓެއް ފޮނުވަނީ
7 މަސް ކުރިން