logo
Bank of Maldives

Bank of Maldives

ރިޕޯޓް

ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ލީގުގައި ރާއްޖޭގެ ނަން !

ހުސައިން ވަސީމް
2 އޭޕްރީލު 2025 - 14:54
ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ލީގުގައި ރާއްޖޭގެ ނަން !

ރެއަކީދިވެހީންނަށް ހާއްސަ ރެޔެކެވެ.ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ނުކުޅެވުނަސް ރާއްޖޭގެ ނަން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގު ކަމަށްވާ ޕްރިމިއާ ލީގު ގައި ރޭ ފެނިގެން ހިނގައްޖެ އެވެ.

ލިވަޕޫލް އާއި އެވަޓަން ރޭ ކުޅުނު ފުޓުބޯޅަށް މެޗުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ ހަގީގަތުގައިވެސް ދިވެހީންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

396809_6072a8f0-5_.jpeg

 

މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ.މީގެ ކުރީން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އައީ އެކި ގައުމު ތަކުގައި ބާއްވާ ފެއާތަކުގައި ވަރަށް އާދައިގެ ގޮތަކަށޭވެސް ބުނެވިދާނެ އެވެ. އެހެން ނަމަވެސް އެކަން ބަދަލުވެގެން ހިނގައްޖެ އެވެ.

މި ސަރުކާރާއި އެމްއެމްޕީއާރުސީގެ ވިސްނުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމެވެ.ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިބުނާ "އަނެއް ހަރުފަތަށް" ގެންދާން ކުރި މަސައްކަތް ފެނިއްޖެ އެވެ. އަދި ފެންނާން ފަށައިފި އެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ލީގު ކަމަށްވާ ޕްރިމިއާ ލީގުގައި ދިވެހިރާއްޖޭގެ ނަން ފެންނާނެ އެވެ. ދުނިޔޭގެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ލިވަޕޫލް ފުޓުބޯޅަ ކްލަބްގެ"އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހަމަޖެހިފަ އެވެ. މިއާ އެކު މުޅި ޔޫރަޕަށްވެސް، އަދި ދުނިޔެއަށްވެސް ރާއްޖެ އިޝްތިހާރުވެގެންދާނެ އެވެ.

big_pvN2IOQFC0dG1pvBMBEjubSbw.jpg

 

މިއީ ރާއްޖެ އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. މިކަމާ މެދު ފަހުރުވެރި ނުވާނެ އެއްވެސް ދިވެއްސެއް ނުހުންނާނެ އެވެ.މިކަމުން ރާއްޖޭގެ ފުޓު ބޯޅަ ދާއިރާއަށްވެސް ލިބޭނެ އެވެ.

މިއީ "ވިޒިޓް މޯލްޑިވްސް" އިން ފެށި ކެމްޕޭންގެ ތެރެއިން އެއް ހަރަކާތެވެ. ވިޒިޓް މޯލްޑީވްސް ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ރޭ ލިވަޕޫލް އާއި އެވަޓަން ކުޅުނު މެޗްގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގެންނެވި އެވެ. މިއީ ލިވަޕޫލްގެ ވައިސް ޗެއާ / އަދި ސީއީއޯ ބިލީ ހޯގަންގެ ދައުވަތަކަށެވެ.

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖެހުމާއި ގުޅިގެން ލިވަޕޫލް ކުޅޭ މެޗްތަކުގައި ދިވެހިރާއްޖޭގެ އިޝްތިހާރުތައް ފެންނާނެ އެވެ. މީގެ އިތުރުން ލިވަޕޫލްއާއެކު ޖޮއިންޓް ގިނަ ކެމްޕޭންތަކެއް ޔޫރަޕުގައި ކުރިއަށް ދާނެ އެވެ. އަދި ލިވަޕޫލްގެ ކުޅުންތެރިން ރާއްޖެ އައިސް ގިނަ ހަރަކާތް ތަކެއް ހިންގާނެ އެވެ. 

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މި ކެމްޕޭނަކީ ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.

big_WyNJaENL76pF2g9CaOOvFJh8P.jpg

 

ވިޒިޓް މޯލްޑިވްސްއިން ވަނީ މާރިޗު 27 ވަނަ ދުވަހު އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭނުގެ ދަށުން އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރާނެ އެވެ. އަދި 100 އަށްވުރެ ގިނަ ޓެކްސީ، ބަސް، ލަންޑަން އަންޑަގްރައުންޑް، ބޮޑެތި އެއަރޕޯޓުތައް އަދި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ވަނީ ނިންމާފަ އެވެ. މިކަމުން ދުނިޔޭގެ ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރުވެގެންދާނެ އެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މާރިޗު މަހު ރާއްޖެއަށް 203،466 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންރާއްޖޭގެ އެއްބާރުލުން ޤަޠަރަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސްދެއްވައިފިޚަބަރު | ދުވަހެއް ކުރިންއިސްރާއީލުން ޤަޠަރަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފިޚަބަރު | ދުވަހެއް ކުރިން