މީހެއްގެ އިނގިލި ބުރިކުރަން އުޅުނު މައްސަލައިގައި ހިމެނޭ މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި


04 އޭޕްރީލު 2025 - 04:14
މިދިޔަ އަހަރު ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވައްކަމުގެ މައްސަލައެއްގައި އަލުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ތެރޭ ހިމެނޭ، މ. ކޮޅުފުށި، އާރެސް، ހަސަން ޣާލިބް (38 އަހަރު) އެވެ.
ކްރިމިނަލް ކޯޓުން ޣާލިބުގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވާއިރު، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އޭނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.
ޣާލިބް ކުރިން ހައްޔަރުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 7 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެންނެވެ.
އެ ހާދިސާގައި 12 މީހުންގެ ގްރޫޕަކުން ހިޔާ ފްލެޓް އެޗް9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އޭނާގެ ބޯ ބޭލުމަށްފަހު އިނގިލި ބުރިކޮށްލަން އުޅެނިކޮށް ފުލުހުން އެތަނަށް ވަދެ ބާރުގެ ބޭނުންކޮށްގެން އެ މީހުން ހައްޔަރުކުރިއެވެ.
ނަމަވެސް އެ މީހުން މިހާރު ތިބީ ބަންދުން ދޫކޮށްލާފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
7 މަސް ކުރިން