ހިމަންދޫގައި ލޯންޗެއްގައި އަލިފާން ރޯވެ އަނދައި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ


04 އޭޕްރީލު 2025 - 05:50
އއ. ހިމަންދޫގައި ލޯންޗެއްގައި އަލިފާން ރޯވެ އަނދައި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު 5:50 ހާއިރު ހިމަންދޫ ބަނދަރުގައި އޮތް "ކޭލް ވިންގް" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި ރަށު ކައުންސިލާއި އާންމުން ގުޅިގެން ކުރި މަސައްކަތުން 6:26 ހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަނާއި ދެ ކްރޫ މެންބަރުންނާއި ކުޑަކުއްޖެއް ތިބިއްބެވެ. ނަމަވެސް ކްރޫ އިންނަށް ކޮންމެވެސް އަނިޔާއެއް ވިނަމަވެސް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އަލިފާން ރޯވި ލޯންޗްކީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި އެ ލޯންޗް މިހާރު ވަނީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިފައި ނުވެއެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން