logoEN
ކުޅިވަރު

އޮލްމޯ އާއި ޕައު ވިކްޓޯއަށް ސީޒަނުގެ ނިޔަލަށް ކުޅުމުގެ ހުއްދަދީފި

އޮލްމޯ އާއި ޕައު ވިކްޓޯ

އޮލްމޯ އާއި ޕައު ވިކްޓޯ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

04 އޭޕްރީލު 2025 - 06:42

ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓާއަށް މި ސީޒަނުގެ ނިޔަލަށް ކުޅެވޭނެ ކަމަށް ސްޕެއިންގެ ނެޝަނަލް ސްޕޯޓްސް ކައުންސިލުން ނިންމައިފިއެވެ. މިއީ ސްޕެނިޝް ލީގާއި ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ކުޅުންތެރިންގެ ހައްގުތައް ވަގުތީ ގޮތުން ހިމާޔަތްކޮށްދިނުމަށް ނިންމި ނިންމުމެކެވެ.

މިދިޔަ ހޫނު މޫސުމުގައި އެ ދެ ކުޅުންތެރިންނަށް ވަގުތީ ހުއްދައެއް ދިނުމަށްފަހު، ލީގުގައި ވާދަކުރާ ކްލަބްތަކުގެ މާލީ ހިސާބުތައް ހުންނަންޖެހޭ ގަވާއިދުތަކުގައި ބުނާ ކަންތައްތައް ބާސެލޯނާއަށް ފުރިހަމަ ނުވާތީ، އެކަން ހައްލު ކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު ވަގުތީ ހުއްދައެއް ދީފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ސްޕެނިޝް ލީގުން ބުނެފައިވަނީ "އެ ދެ ކުޅުންތެރިން ރަޖިސްޓަރީކޮށް އެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ މާލީ ތަނަވަސްކަން ބާސެލޯނާގައި ނެތް" ކަމަށެވެ. ނަމަވެސް ބާސެލޯނާއިން މި މައްސަލަ ސްޕޯޓްސް ކައުންސިލަށް ހުށަހެޅުމުން، އެ ދެ ކުޅުންތެރިންނަށް މި ސީޒަނުގެ ނިޔަލަށް ކުޅެވޭނެ ކަމަށް ނިންމާފައިވެއެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ޓީމުގެ ސްޓޭޑިއަމްގެ ވީއައިޕީ ބޮކްސްތައް ވިއްކާލުމަށް މިދިޔަ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އެ ޓީމަށް 83 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރު އާމްދަނީއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން އެ ޓީމުގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދައިގެން ނޫން ގޮތަކަށް އިތުރު ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭނެ ކަމަށް ސްޕޯޓްސް ކައުންސިލުން ވަނީ އަންގާފައެވެ. އަދި މި މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ސްޕެނިޝް ލީގުން ބުނެފައިވެއެވެ.

ކޮމެންޓް

871x217_placeholder