ޓޮޓްނަމް އަތުން ޗެލްސީއަށް ހަނިމޮޅެއް

މެޗުގެ ހަމައެކަނި ގޯލު ޖެހި ކުޅުންތރެިޔާ ފެނޭންޑޭޒް. ފޮޓޯ: ޗެލްސީ

04 އޭޕްރީލު 2025 - 06:45
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ. ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްއެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއެކު، މިހާތަނަށް ކުޅުނު 30 މެޗުން 52 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ ހަތަރުވަނަ މަގާމަށް ވަނީ ޖެހިލާފައެވެ. މި ނަތީޖާއާއެކު ކުރިއަށް އޮތް ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައަށް ކުރެވޭ ވާދަވެރިކަން ވަނީ އިތުރަށް ބޮޑޫވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފޭގޮތް ނުވިއެވެ. އެހެންނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ކޯލް ޕާމާ ދިން ޕާހަކުން އެންޒޯ ފެނާންޑޭޒް ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ. މިއީ ކޯލް ޕާމާ ޑިސެ،މްބަރުމަހުގެ ފަހުން ލީގުގައި ހެދި ފުރަތަމަ އެސިސްޓެވެ.
މެޗުގައި ޗެލްސީގެ މޮއިސެސް ކައިސޭޑޯ ޖެހި ލަނޑު، އޮފްސައިޑްގެ ސަބަބުން ވަނީ ބާތިލް ކޮށްފައެވެ. އަދި ޓޮޓްނަމްގެ ޕާޕޭ މަޓަރސާ ޖެހި ލަނޑުވެސް އޮފްސައިޑްގެ ސަބަބުން ވަނީ ބާތިލުކުރެވިފައެވެ.
މި މެޗުން ބަލިވުމާއެކު، 34 ޕޮއިންޓާއެކު ޓޮޓްނަމް އޮތީ ތާވަލުގެ 13 ވަނައިގައެވެ. މިއާއެކު 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިމިއަރ ލީގުގެ ގަދަ ދިހައެއްގައި ނުހިމެނުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައެވެ.
އިތުރު ލިޔުންތައް

55 އަހަރު ފަހުން ފޮރެސްޓަށް، އެންފީލްޑްގައި ލިވަޕޫލް ބަލިކުރެވިއްޖެ
7 މަސް ކުރިން
އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
6 މަސް ކުރިން
އިންގްލިޝް ޕްރީމިއަރ ލީގުގެ މެޗްޑޭ 08 އަށް އަވަސް ނަޒަރެއް.
6 މަސް ކުރިން