ގެބްރިއެލް އަށް އަނިޔާވެ ސީޒަން ނިމިއްޖެ

ޢާރސެނަލްގެ ޑިފެންސް ލައިންގައި ގެބްރިއެލް އަކީ އެންމެ މުހިންމު ތަނބު. ފޮޓޯ: ރޮއިޓަރސް

04 އޭޕްރީލު 2025 - 06:50
އާސެނަލްގެ ބްރެޒިލިއަން ޑިފެންޑަރު ގެބްރިއަލްއަށް ލިބުނު ހެމްސްޓްރިންގ އަނިޔާގެ ސަބަބުން މި ސީޒަނުގައި އިތުރަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ފުލަމްއާ ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގު މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވި ގެބްރިއަލް (27) އަށް ސާޖަރީއެއް ހަދަންޖެހޭ ކަމަށް އާސެނަލްއިން ބުނެފައިވެއެވެ. އެ މެޗުން އާސެނަލް ވަނީ 2-1 އިން މޮޅުވެފައެވެ.
އާސެނަލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެބްރިއަލްގެ ރިހެބިލިޓޭޝަން މަސައްކަތް މިހާރު ފަށައިފައިވާ ކަމަށާއި، "އަލުން އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ކުރީކޮޅު" ކަމަށެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު 30 މެޗުގެ ތެރެއިން 28 މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެ، ޓީމުގެ ޑިފެންސްލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އައި ގެބްރިއަލް ނެތުމަކީ އާސެނަލްއަށް ލިބޭނެ ބޮޑު ލޮޅުމެއް ކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
ގެބްރިއެލް އަށް އަނިޔާވެފައި މިވަނީ ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އާރސެނަލް ރެއާލް މެޑްރިޑް އާއި ވާދަކުރަންޖެހިފައިވާ ދަނޑިވަޅެއްގައެވެ. ގެބްރިއެލްގެ އިތުރުން އާރސެނަލްގެ ޑިފެންޑަރުން ކަމަށްވާ ގިބްސް ވައިޓް އާއި ބެންވައިޓް ވެސް ހުރީ އަނިޔާގައެވެ. އެހެންކަމުން މިއީ ސީޒަނުގެ އެންމެ މުހިންމު ދަނޑިވަޅުގައި އާރސެނަލް އަށް ބޮޑެތި ގޮންޖެހުން ކުރިމަތިވާނެ ކަމެކެވެ.
އިތުރު ލިޔުންތައް

"އަނިޔާގެ ސަބަބުން އާސެނަލްގެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވުނަސް ޖެހިލުމެއް ނުވޭ" އާސެނަލްގެ ކޯޗު
6 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ސަލާޙު ފަހުވަގުތު ޖެހި ގޯލާއެކު އާރސެނަލް ގެ އަތުން ލިވަޕޫލަށް މުހިންމު ޕޮއިންޓެއް.
5 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި
5 މަސް ކުރިން