ޔަމާލްގެ ކޮންޓްރެކްޓް ހުއްޓުވައި އަރައުހޯ ވިއްކާލަން މަޖުބޫރުވަނީ - ރިޕޯރޓްސް
.jpg&w=3840&q=75)
ޔަމާލް އާއި އަރައުހޯ އަކީ ބާސެލޯނާގެ ފުރަތަމަ 11 ގައި މުހިންމު ކުޅުންތެރިން

04 އޭޕްރީލު 2025 - 07:01
ލަލީގާއިން ބުނެފައިވާ ގޮތުގައި ބާސެލޯނާއިން ޖޫން 30 ގެ ކުރިން ފައިނޭންޝަލް ފެއަރ ޕްލޭގެ ޝަރުތުތައް ފުރިހަމަ ނުކުރެވިއްޖެނަމަ، ލަމިން ޔަމާލް އަދި ވޯޖެކް ސިޒެންނީ ފަދަ ކުޅުންތެރިންނަށް އާ އެއްބަސްވުން ހެދުން ހުއްޓުވާލާނެ ކަމަށް ރިލެވޯއިން ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަ ހައްލު ނުކުރެވިއްޖެނަމަ، ބާސެލޯނާއިން ރޮނަލްޑް އަރައުހޯ ފަދަ ކުޅުންތެރިން ވިއްކާލަން މަޖުބޫރުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ބާސެލޯނާއިން ވަނީ ސީޒަން ނިމުމުން ޔަމާލް އަދި ޒެޒްނީއަށް މުސާރަ ރަނގަޅު އާ އެއްބަސްވުމެއް ދޭނެ ކަމަށް ވަޢުދުވެފައެވެ.
ނަމަވެސް، އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނުފެންނަނަމަ، ލަ ލީގާގެ ގަވާއިދުތަކާ އެއްގޮތަށް އާ އެއްބަސްވުންތައް ހެދޭނެކަން ކަށަވަރު ނުކުރެވޭނެއެވެ. ޗެމްޕިއަންސް ލީގުގައި ކުރިއަށް ގޮސް މުބާރާތް ކާމިޔާބުކުރެވިއްޖެނަމަ، މި މައްސަލަ ހައްލުވެދާނެ ކަމަށް ބެލެވެއެވެ.
އަދި އަރައުހޯ 65-70 މިލިއަން ޔޫރޯއަށް ވިއްކާލައިގެން ނުވަތަ ފްރެންކީ ޑި ޔޯންގް ފަދަ ކުޅުންތެރިން މުސާރަ ދަށްކޮށްގެންވެސް މި މައްސަލަ ހައްލުކުރެވިދާނެއެވެ. މީގެ އިތުރުން، ކެމްޕް ނޫގެ ވީއައިޕީ ގޮނޑިތައް ވިއްކައިގެން 100 މިލިއަން ޔޫރޯ ލިބިއްޖެނަމަވެސް މި މައްސަލަ ހައްލުވާނެއެވެ.
ލަ ލީގާއިން މިހާރުވެސް ދަނީ ބާސެލޯނާގެ މާލީ ހިސާބުތައް ބަލަމުންނެވެ. އަދި ކްލަބުން ބޭނުންކުރަން އުޅޭ ކޮންމެ ލޫޕްހޯލްއަކާ ދެކޮޅަށް މަސައްކަތްކުރަމުންނެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
6 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
6 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
6 މަސް ކުރިން