logo
Bank of Maldives

Bank of Maldives

ޚަބަރު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު

އާމިނަތު ޝަފާ
4 އޭޕްރީލު 2025 - 07:01
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވް މެރިން ރިސަރޗް އިންސްޓިޓިއުޓުން ހުޅުވާލައިފިއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ކުރިއަށް ގެންދަނީ މަނިޔަފުށީ ރިސަރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ކޯސްފީއާއި ކެއުމާއި ހުރުން ހަމަޖައްސައިދޭނެ ކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްރީލް މަހުގެ 15 ގެ 14:00ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.

ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ކިޔަވައި ދެނީ، ދިރޭކާނާ އާލާކުރުމާއި މާގަނޑުމަސް ވިއްސައި އާލާކޮށް ބޮޑެތިކުރުމާއި ހުއިފިލަނޑާ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމާއި ފާނަ ވިއްސައި އާލާކޮށް މޫދުކޮށީގައި ބޮޑެތިކުރުމާއި އިތާމުށް އާލާކުރާނެ ގޮތެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން 14 ދުވަހުގެ ކޯހެއް ވަނީ ހިންގާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިންމެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތުޚަބަރު | 9 މަސް ކުރިން