logo
ކުޅިވަރު

ކެވިން ޑެ ބްރޫނާ މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނިންމައިފި

އަބްދުﷲ ޣާނިމް
4 އޭޕްރީލު 2025 - 13:57
10 އަހަރުފަހުން ސިޓީގެ ކެޕްޓަން ކުލަބް ދޫކޮށްލަން ވަނީ ނިންމާފައި. ފޮޓޯ: ކޭޑީބީ
10 އަހަރުފަހުން ސިޓީގެ ކެޕްޓަން ކުލަބް ދޫކޮށްލަން ވަނީ ނިންމާފައި. ފޮޓޯ: ކޭޑީބީ

މެންޗެސްޓަރ ސިޓީގެ ލެޖެންޑު ކެވިން ޑެ ބްރޫނާ މި ސީޒަނުގެނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ކުލަބު ދޫކޮށްލަން ނިންމައިފިއެވެ. މިކަން އޭނާ ވަނީ އިންސްޓަގްރާމްގައި ޝާއިއުކުރި ޖަޒުބާތީ މެސެޖެއްގައި ހާމަކޮށްފައެވެ.

33 އަހަރުގެ ބެލްޖިއަމް މިޑްފީލްޑަރު ލިޔުނު މެސެޖުގައި "ކޮންމެ ވާހަކައެއްވެސް ނިމުމަކަށް އަންނާނެ، އެކަމަކު މިއީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ރީތި ބައި،" މިހެން ބުނެފައިވެއެވެ. އަދި "މި ސިޓީއާއި، މި ކްލަބާއި، މި މީހުން އަހަރެންނަށް ހުރިހާ އެއްޗެއް ދިން. އެހެންވީމަ އަހަރެންނަށްވެސް ހުރިހާ އެއްޗެއް ދޭން މަޖުބޫރުވި. އަހަރެމެން ހުރިހާ އެއްޗެއް ކާމިޔާބުކުރީމު،" ޑެ ބްރޫނާ ބުނެފައިވެއެވެ.
Ad by Hajj Corporation

Ad by Hajj Corporation

2015 ވަނަ އަހަރު ވޯލްފްސްބާގުން މެންޗެސްޓަރ ސިޓީއާ ގުޅުނު ފަހުން، ޑި ބްރޫނާ ވަނީ 6 ޕްރިމިއަރ ލީގް ތަށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ހިމެނޭ ގޮތަށް 16 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސިޓީ އާއެކު ޖުމްލަ 413 މެޗު ކުޅެ، 106 ލަނޑު ޖަހާފައެވެ.

"އަހަރެމެންގެ ދަރިން ސޫރީ، ރޯމް، މޭސަން އަދި މިޝެލްއާއި އަހަރެން، މި ތަނުން އަހަރެމެންގެ އާއިލާއަށް ލިބުނު ހުރިހާ އެއްޗަކަށް ވަރަށް ޝުކުރުވެރިވަން. މެންޗެސްޓަރ އަބަދުވެސް އަހަރެމެންގެ ދަރިންގެ ޕާސްޕޯޓުގައި އޮންނާނެ - އަދި މުހިންމު ކަމަކީ އަހަރެމެން އެންމެންގެ ހިތުގައި އޮންނާނެ،" ޑި ބްރޫނާ ބުންޏެވެ.

ޕްރިމިއަރ ލީގުގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑި ބްރޫނާއަށް ޚާއްސަ ފެއާވެލް އެއް ދިނުމަށް ސީޒަން ނިމުމުގެ ކުރިން ސިޓީން ވަނީ ރާވާފައެވެ. އަދި މި މޫސުމުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވުމުން، 10 އަހަރުގެ ކާމިޔާބު ދަތުރެއް ނިންމާލުމަށްފަހު އޭނާއާ ވަދާއު ކިޔާނެ ކަމަށް ކްލަބުން ބުނެފައިވެއެވެ.
ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި ޑެ ބްރޫނާ ސިޓީއަށްފަހު ދިޔުން އެންމެ ގާތީ ސަޢޫދީގެ ކުލަބަކަށެވެ. ނަމަވެސް އެމް.އެލް.އެސް އަށް ދިޔުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 ދުވަސް ކުރިންސިޓީގެ އަމިއްލަ ދަނޑުގައި ހަމަބިމަށް ތިރިކޮށް ގުއާޑިއޯލާގެ ސުޕަ ސްކޮޑް ލަދުގަންނަވާލައިފިކުޅިވަރު | 11 ދުވަސް ކުރިންޓްރަފޯޑް އެނބުރި ސިޓީއަށް އައުމާއެކު ތާރީޚުގައި ދެބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަކަށް ގުއާޑިއޯލާ ވެއްޖެކުޅިވަރު | މަހެއް ކުރިންޗެންޕިއަންސް ލީގުގެ ފައިނަލިސްޓް އިންޓަރ ބަލިކޮށް ފުލޫމިނޭންސޭ ކުއާޓަރ ފައިނަލަށްކުޅިވަރު | 2 މަސް ކުރިން