ޗެންޕިއަންސް ލީގުގެ ފައިނަލިސްޓް އިންޓަރ ބަލިކޮށް ފުލޫމިނޭންސޭ ކުއާޓަރ ފައިނަލަށް

ސިޓީ އާއި ފުލުމިނެންސޭ ވާދަކުރިމެޗުގެ ތެރެއިން - ފޮޓޯ: އަލް ޖަޒީރާ

01 ޖުލައި 2025 - 03:05
ފީފާ ކްލަބް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ފުލުމިނެންސޭ 2-0 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުލުމިނެންސޭގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިތާ އެންމެ ތިން މިނެޓުގައި ޖަމަން ކެނޯއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރިމަތިން ހުރަސްކުރި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގައި އިންޓަރ މިލާނުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ފުލުމިނެންސޭގެ 40 އަހަރުގެ ގޯލްކީޕަރު ފަބިއޯ އާއި ތަޖުރިބާކާރު ކެޕްޓަން ތިއާގޯ ސިލްވާގެ ހަރުދަނާ ދިފާއީ ކުޅުމުން އެ ފުރުސަތުތައް ބޭކާރުވެގެން ދިޔައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަރކިއުލެސް ވަނީ 93 ފުލުމިނެންސޭގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ޔަގީންކޮށްދީފައެވެ.
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފުލުމިނެންސޭ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިއަދު ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗަށްފަހުގައެވެ. ފާހަގަކޮށްލެވޭ ކަމަކީ މި މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ހުރިހާ ޓީމެއްވެސް ވަނީ ދެވަނަ ބުރަށް ގޮސްފައިވުމެވެ.
އިތުރު ލިޔުންތައް

އިނގިރޭސި ގައުމީ ޓީމުގެ ކޯޗަކަށް ގުއާޑިއޯލާ އައުން ގާތް
9 މަސް ކުރިން
ޗެންޕިއަން މެންޗެސްޓަރ ސިޓީއަށް އުނދަގޫ މޮޅެއް.
8 މަސް ކުރިން.png&w=3840&q=75)
އިނގިރޭސި ޕްރީމިއަރ ލީގު: ފަހުގެ ޗެންޕިއަން ސިޓީއަށް ލީގުގެ ފުރަތަމަ ބަލި
8 މަސް ކުރިން