logo
MPL

MPL

ކުޅިވަރު

ޓްރަފޯޑް އެނބުރި ސިޓީއަށް އައުމާއެކު ތާރީޚުގައި ދެބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަކަށް ގުއާޑިއޯލާ ވެއްޖެ

އަބްދުﷲ ޣާނިމް
30 ޖުލައި 2025 - 07:41
ޓްރަފޯޑް އެނބުރި ސިޓީއަށް އައުމާއެކު ތާރީޚުގައި ދެބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަކަށް ގުއާޑިއޯލާ ވެއްޖެ

މެންޗެސްޓަރ ސިޓީން ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑް 27 މިލިއަން ޕައުންޑަށް އަނބުރާ ގެނެސްފިއެވެ. 22 އަހަރުގެ އިނގިރޭސި ގޯލްކީޕަރު ސިޓީއާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ.

ޓްރެފޯޑަކީ ދެ އަހަރު ކުރިން 14 މިލިއަން ޕައުންޑަށް ބާންލީއަށް ވިއްކާލި ކުޅުންތެރިއެކެވެ. ނަމަވެސް ނިއުކާސްލް ޔުނައިޓެޑްގެ ޓްރެފޮޑް ހީދަން ޝައުގުވެރިކަން އޮތުމާއެކު، ސިޓީން ވަނީ އަވަހަށް މިކުޅުންތެރިޔާ އަނބުރާ ގެންނަންޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާންލީގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ޓްރެފޯޑް ވަނީ 78 މެޗު ކުޅެފައެވެ. މީގެ ތެރެއިން ފާއިތުވި ސީޒަންގައި ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ކެމްޕޭންގައި 29 ކްލީން ޝީޓް ހިފަހައްޓާފައިވެއެވެ. އޭނާއަކީ މި ސީޒަންގައި ސިޓީއަށް ގެނައި ހަވަނަ ކުޅުންތެރިޔާއެވެ.

ސިޓީގެ ނަންބަރު އެކެއްގެ ޖާރސީ ލިބިފައިވާ ޓްރެފޯޑް ގެނައުމާއެކު، ސްޓެފަން އޯޓެގާ ޓީމުން ބޭރުކުރުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެޑަރސަން ޓީމުގައި ދެމިހުންނާނެ ކަމަށް ބެލެވޭއިރު، ޓްރެފޯޑާއި އެޑަރސަން ޕެޕް ގުއާޑިއޯލާގެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރުގެ މަގާމަށް ވާދަކުރާނެއެވެ.

މިޓްނާންސްފަރ އާއެކު ސިޓީގެ ކޯޗު ޕެޕް ގުއާޑިއޯލާ ވަނީ ފުޓްބޯޅައިގެ ތާރީޚުގައި ޓްރާންސްފަރ ފީގެ ގޮތުގައި 2 ބިލިޔަން ޑޮލަރު ޚަރަދުކުރި ފުރަތަމަ ކޯޗަށް ވެގެންގޮސްފައެވެ.ފާޑުކިޔާ ފަރާތްތަކުން މީގެކުރިންވެސް އެތަކެއް ފަހަރުތަކެއްގެ މަތިން ގުއާޑިއޯލާ ފައިސާއަށް އަށް ކާމިޔާބީ ގަންނަކަމަށް ތުހުމަތުކޮށްފައިވާއިރު، ގުއާޑިއޯލާގެ ފަހަތުން ދެވަނައިގައިވާ ސިމިއޯނީ އަށޤ ޓްރާންސްފަރ ގައި ޚަރަދުކުރެވިފައިވަނީ 1.3 ބިލިޔަން ޑޮލަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީގައި ބްރައިޓަން ބަލިކޮށް، ސިޓީ ކުއާޓާ ފައިނަލަށްކުޅިވަރު | 7 ދުވަސް ކުރިންމެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީކުޅިވަރު | 16 ދުވަސް ކުރިންހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިކުޅިވަރު | 18 ދުވަސް ކުރިންމެންޗެސްޓަރ ސިޓީއިން ވަގަށް އެއްބިލިޔަނާ ގާތަށް ކުލަބަށް އާމްދަނީ ވައްދައި ޚަރަދުކޮށްފައިވާކަން ޕްރީމިއަރ ލީގުން ރަސްމީކޮށް ހާމަކޮށްފިކުޅިވަރު | މަހެއް ކުރިން