logo
MPL

MPL

ކުޅިވަރު

މެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީ

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2026 - 03:12
މެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީ

މާލީ ގަވާއިދުތަކާ ޚިލާފުވި މައްސަލައިގައި ލިބޭ އަދަބެއްގެ ގޮތުން، ޕްރިމިއަރ ލީގުން ރެލިގޭޓްވާ މިންވަރަށް މެންޗެސްޓަރ ސިޓީގެ ޕޮއިންޓް އުނިކުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފިއެވެ. އެގޮތުން އެކި ސީޒަންތަކަށް ބަހާލައިގެން 100 ވަރަކަށް ޕޮއިންޓް އަށްވުރެ މަދުނުވާ ވަރަށް ޕޮއިންޓް މަދުކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ޕްރިމިއަރ ލީގުން ސިޓީއާ ދެކޮޅަށް ހުށަހެޅި 115 ދައުވާގެ ތެރެއިން 114 ދައުވާއަކަށް އެ ކްލަބް ކުށްވެރިވާ ކަމަށް މިނިވަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ސީޒަންގައި ޕެޕް ގާޑިއޯލާގެ ބަދަލުގައި ޓީމާ ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ސިޓީން ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ވެސް މޮޅުވެ ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް، ކުށްވެރިވިކަމުގެ ނިންމުމާއެކު ކްލަބަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ސިޓީއަށް އަދަބު ކަނޑައެޅުން ލަސްވަމުންދާތީ އިނގިރޭސި ފުޓުބޯޅައިގެ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ކްލަބުން މި ނިންމުން އިސްތިއުނާފު ކުރުމާ ގުޅިގެން މައްސަލަ އިތުރަށް ދިގުލައިގެން ދިއުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްތިއުނާފުގެ ނިންމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އައުމުގެ ފުރުސަތު އޮތް ނަމަވެސް، އިސްތިއުނާފު މަރުހަލާ ނިމުމުގެ ކުރިން ޕްރިމިއަރ ލީގުން ސިޓީއަށް އަދަބު އިއުލާނު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެންމެ ހަރުކަށި އަދަބެއްގެ ގޮތުން ސިޓީ ޕްރިމިއަރ ލީގުން ވަކިކޮށް، ލީގު ޓޫ އިން އަލުން ފަށަން ޖެހުމަކީ ދުރު ކަމެއް ކަމަށް މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތްތަކުން ގަބޫލުކުރެއެވެ. ސަބަބަކީ އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ކްލަބް ޓޮޕް ފްލައިޓުން ވަކިކޮށްފިނަމަ ޕްރިމިއަރ ލީގާއި އީއެފްއެލް (EFL) އަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެތީއެވެ.

އެހެންކަމުން އެންމެ އަމަލީ އަދި އެކަށީގެންވާ ގޮތެއް ކަމަށް ބެލެވެނީ ގިނަ އަދަދެއްގެ ޕޮއިންޓް އުނިކުރުމާއެކު ބޮޑު ޖޫރިމަނާއެއް ކަނޑައެޅުމެވެ. ދަނޑުމަތީގައި ޓީމު ނެރޭ ނަތީޖާއަށް ބެލުމެއްނެތި ސިޓީ ޗެމްޕިއަންޝިޕަށް ރެލިގޭޓްވެދާނެ ކަމަށް ބެލެވޭއިރު، އިތުރަށް ޕޮއިންޓް އުނިކޮށްފިނަމަ އަލުން ވަގުތުން ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ވެސް އެ ކްލަބަށް ދަތިތަކާ ކުރިމަތިވާނެއެވެ. ޗެމްޕިއަންޝިޕްގައި އެފަދަ އަދަބެއް ބަލައިގަތުމަކީ އީއެފްއެލްގެ މައްޗަށް ލާޒިމު ކަމަކަށް ނުވި ނަމަވެސް، އެފަދަ ނިންމުމަކަށް އެއްބަސްވުމުގެ އިޚްތިޔާރު އެ އިދާރާއަށް އޮންނާނެއެވެ.
މީގެ އިތުުރުން މެންޗެސްޓަރ ސިޓީ އިސްތިއުނާފް ކާމިޔާބު ނުކުރެވެއްޖެނަމަ، ޔޫރަޕުގެ ހުރިހާ މުބާރާތްތަކުން 7 އަހަރާއި 10 އަހަރާއި ދެމެދުގެ ސަސްޕެންޝަނެއް އަންނާނެކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތުން ސިޓީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެހެން ކްލަބްތަކާއި ފުޓުބޯޅަ އިދާރާތަކާއެކު އޮތް ގުޅުމަށް ވެސް ވަނީ ބުރޫއަރާފައެވެ. ނަމަވެސް ދެވޭ ކޮންމެ އަދަބެއްގައި ވެސް އިނގިރޭސި ފުޓުބޯޅައިގެ މުސްތަގުބަލަށާއި، މާލީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެންޗެސްޓަރ ސިޓީ ޕްރީމިއަރ ލީގުން ބޭރުކުރުމަށްފަހު ޔޫރަޕުގެ މުބާރާތްތަކުން ސަސްޕެންޑްކުރަނީކުޅިވަރު | ގަޑިއިރެއް ކުރިންހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިކުޅިވަރު | 2 ދުވަސް ކުރިންމެންޗެސްޓަރ ސިޓީއިން ވަގަށް އެއްބިލިޔަނާ ގާތަށް ކުލަބަށް އާމްދަނީ ވައްދައި ޚަރަދުކޮށްފައިވާކަން ޕްރީމިއަރ ލީގުން ރަސްމީކޮށް ހާމަކޮށްފިކުޅިވަރު | 20 ދުވަސް ކުރިންމާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިން