logo
MPL

MPL

ކުޅިވަރު

ހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި

އަބްދުﷲ ޣާނިމް
17 އޮކްޓޯބަރު 2026 - 19:23
ހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފި

އާލިންގ ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު، ވާދަވެރި ކުޅުމަކަށްފަހު 3-2 އިން އިޕްސްވިޗް ޓައުން ބަލިކޮށް، މެންޗެސްޓަރ ސިޓީން ޕްރިމިއަރ ލީގުގައި ކުޅުނު ހަތް މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިއެވެ. މި ނަތީޖާއާއެކު ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑަކާއެކުގައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ފިލް ފޯޑެން ސިޓީއަށް ލީޑު ނަގައިދީފައިވަނިކޮށް، ޑައިޒެން މަައެދާ ވަނީ އިޕްސްވިޗަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް، 34 ވަނަ މިނެޓުގައި ބޮލުން ޖަހައި އަދި 69 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހާލަންޑް ވަނީ ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މިއީ ޕެނަލްޓީ ނުލައި ލީގުގައި ހާލަންޑް ޖެހި 100 ވަނަ ލަނޑެވެ. މި މައިލްސްޓޯނަށް އޭނާ ވާސިލްވީ އެންމެ 139 މެޗުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފަހު ވަގުތުކޮޅުގައި އިޕްސްވިޗްގެ ޒިއާން ފްލެމިންގ ޕެނަލްޓީއަކުން ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ސިޓީން ވަނީ މޮޅު ހިފަހައްޓާފައެވެ.

މި ކާމިޔާބީއާއެކު، ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވެގެންގޮސްފައިވަނީ ޕްރިމިއަރ ލީގުގެ ކްލަބަކާ ހަވާލުވެ ފުރަތަމަ ކުޅުނު ހަތް މެޗުންވެސް މޮޅުވި ތާރީޚުގައި ފުރަތަމަ މެނޭޖަރަށެވެ. މީގެއިތުރުން ސިޓީއަކީ ލީގު ފެށިގެން ވިދިވިދިގެން ހަތް މެޗުން މޮޅުވި ތިންވަނަ ޓީމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑްގެ ދެ ލަނޑާއެކު ސިޓީން ލީގުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓައިފިކުޅިވަރު | 11 ގަޑިއިރު ކުރިންމެންޗެސްޓަރ ސިޓީއިން ވަގަށް އެއްބިލިޔަނާ ގާތަށް ކުލަބަށް އާމްދަނީ ވައްދައި ޚަރަދުކޮށްފައިވާކަން ޕްރީމިއަރ ލީގުން ރަސްމީކޮށް ހާމަކޮށްފިކުޅިވަރު | 18 ދުވަސް ކުރިންމާމޫޝް އަދި ސަވީނިއޯ 150 މިލިއަން ޕައުންޑަށް ޓޮޓެންހަމަށް ވިއްކާލަން ސިޓީ ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިންޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 5 މަސް ކުރިން