logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ކުޅިވަރު

ސިޓީގެ އަމިއްލަ ދަނޑުގައި ހަމަބިމަށް ތިރިކޮށް ގުއާޑިއޯލާގެ ސުޕަ ސްކޮޑް ލަދުގަންނަވާލައިފި

އަބްދުﷲ ޣާނިމް
23 އޯގަސްޓު 2025 - 14:03
ސިޓީގެ އަމިއްލަ ދަނޑުގައި ހަމަބިމަށް ތިރިކޮށް ގުއާޑިއޯލާގެ ސުޕަ ސްކޮޑް ލަދުގަންނަވާލައިފި

މެންޗެސްޓަރ ސިޓީގެ އަމިއްލަ ސްޓޭޑިއަމްގައި އިއްތިހާދުގައި ކުޅުނު މެޗުގައި ލަދުވެތިގޮތަކަށް ޓޮޓްނަމް އަތުން ބަލިވެއްޖެއެވެ. ޓްރާންސްފާ މާކެޓްގައި ބޮޑެތި ޚަރަދުތަކެއް ކުރުމަށްފަހު ސީޒަނާއި ކުރިމަތިލި ސިޓީ މިމެޗުން ބަލިވެފައިވަނީ 2-0 އިންނެވެ. މި މެޗުގައި ޓޮޓްނަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރެނަން ޖޮންސަން އާއި ޖޯއާއޯ ޕަލީނިއާއެވެ.

މިދިޔަ ސީޒަނުގައި ޔޫރަޕާ ލީގު ކާމިޔާބުކުރި ޓޮޓްނަމްގެ އައު މެނޭޖަރު ތޯމަސް ފްރޭންކްގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުންވެސް މޮޅުވެ، މިވަގުތު ވަނީ ޕްރިމިއަރ ލީގުގެ އެއްވަނައިގައި ހިމެނިފައެވެ. މިއީ ތޮޓްނަމްއަށް ވަރަށް އުއްމީދީ ފެށުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވެދިޔަ ފަސް ސީޒަނުގެ ތެރެއިން ހަތަރު ސީޒަންގައި ލީގު ކާމިޔާބުކުރި ސިޓީ މިދިޔަ އަހަރު ލީގު ނިންމާލީ ތާވަލުގެ ތިންވަނައިގައެވެ. މިކަމާއި ގުޅިގެން ގުއާޑިއޯލާ ވަނީ މިދިޔަ ޖަނަވަރީމަހުން ފެށިގެން 8 ކުޅުންތެރިން ސޮއި ކުރުވާފައެވެ. ސިޓީއަށް މިއަދުގެ މެޗުގައިވެސް ފެނިގެން ދިޔައީ މިދިޔަ ސީޒަނުގައި ފެނިގެންދިޔަ ޑިފެންސިވް މައްސަލަތަކެކެވެ. ޚާއްސަކޮށް ގޯލްކީޕަރު ޖޭމްސް ޓްރެފޯޑްގެ ފަރާތުން ފެނުނު ކުށްތަކާއި ގުޅިގެން ޕެޕް ގުއާޑިއޯލާއަށް ވަނީ އެތައް ސުވާލުތަކެއް ކުރިމަތިވެފައެވެ.

ޕްރިމިއަރ ލީގުގައި ފާއިތުވެދިޔަ 13 މެޗުގައި ސިޓީއަށް ޓޮޓެންހަމްއާ ދެކޮޅަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަތަރު މެޗެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕްރީމިއަރ ލީގުގެ އެންމެ ކާމިޔާބު އެއްކޯޗު ގާޑިއޯލާ ދޫކޮށްލައި ސިޓީގެ ކޯޗުކަން މަރެސްކާ އާއި ހަވާލުކުރަނީކުޅިވަރު | 18 ދުވަސް ކުރިންވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | 20 ދުވަސް ކުރިންއާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފިކުޅިވަރު | މަހެއް ކުރިންސައުތެމްޕްޓަން ބަލިކޮށް މެންޗެސްޓަރ ސިޓީ އެފްއޭ ކަޕް ފައިނަލަށްކުޅިވަރު | މަހެއް ކުރިން