އާސެނަލްގެ ސަޕޯޓަރުންނަށް ތައްޔާރުކުރި ހިތިފަތުފެން ސިޓީގެ ސަޕޯޓަރުން ބޮއެފި
5 މޭ 2026 - 03:15

އެވަރޓަން އަތުން ބަލިވެ ސިޓީގެ ފުރިހަމަ ކޮޏްޓްރޯލް ދަށުގައި އޮތް ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް ކުރާ މަސައްކަތުގައި މެންޗެސްޓަރ ސިޓީއަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. މިބައްޔާއެކު އެއްމެޗު މަދުން ކުޅެ 5 ޕޮއިންޓް ފަހަތުގައިވާ ސިޓީއަށް ވަނީ ލީގުގެ ފުރިހަމަ ކޮންޓްރޯލް އާސެނަލް އަށް ދީފައެވެ.
އެގޮތުން ރޭގެ މެޗުގެ އެންމެ ފަހު ވަގުތު ޖެރެމީ ޑޮކޫ ޖެހި ލަނޑުން އެވަަޓަންއާ ދެކޮޅަށް ކުޅުނު މެޗު 3-3 އިން އެއްވަރުކޮށް ސިޓީން ޕޮއިންޓެއް ސަލާމަތްކޮށްފިއެވެ.

Ad by Hajj Corporation
ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ސިޓީން މެޗު ޑޮމިނޭޓް ކުރިއެވެ. މެޗުގެ 43 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ސިޓީއަށް ކުރިހޯދައިދިނީ ޑޮކޫއެވެ. ނަމަވެސް ދެވަނަ ހާފުގެ ތެރޭގައި ފެނިގެންދިޔަ 13 މިނެޓުގެ ތެރޭގައި އެވަަޓަންއިން ވަނީ ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
އެވަަޓަންގެ ފުރަތަމަ ލަނޑު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ތިއެރްނޯ ބާރީ ޖެހިއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ޖޭކް އޯބްރަޔަން ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން އެވަަޓަންއަށް ކުރިހޯދައިދީފައެވެ. އަދި ބާރީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އެވަަޓަންއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އެހެންނަމަވެސް، އޭގެ ވަގުތުކޮޅެއް ފަހުން އާލިން ހާލަންޑް ލަނޑެއް ޖަހައި ފަރަގު ކުޑަކުރިއެވެ.
މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޑޮކޫ ވަނީ ސިޓީއަށް މުހިންމު އެއްވަރުވީ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ 2006-07 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި ސިޓީން އެންމެ ލަހުން ޖެހި ތިންވަނަ ލަނޑެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއަށް މިހާރު ވަނީ 5 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.
މި މެޗުގައި އެވަަޓަންގެ ބާރީ ވެފައިވަނީ ޕެޕް ގާޑިއޯލާގެ ސިޓީއާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ދެ ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާއަށެވެ. އަނެއްކޮޅުން ޑޮކޫ ވަނީ އޭނާ އެންމެ ފަހުން ކުޅުނު 5 މެޗުގައި 6 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ.


