logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށް

އަބްދުﷲ ޣާނިމް
18 މޭ 2026 - 02:16
ވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށް

އާދީއްތަ ދުވަހު ސެއިންޓް ޖޭމްސް ޕާކުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން ބަލިވުމާ ގުޅިގެން ވެސްޓް ހޭމް ޕްރިމިއާ ލީގުން ރެލިގޭޓްވުމާ ގާތަށް ގޮސްފިއެވެ. މިއާއެކު އެއްމެޗު މަދުންކުޅެ ވެސްޓެހޭމްއަށްވުރެ މަތީގައި އޮތް ޓޮޓްނަމް އަށް ވަނީ ރެލީގޭޝަނުގެ ބިރުން ވަރަށްބޮޑަށް ސަލާމަތްވެފައެވެ.

ނޫނޯ އެސްޕިރިޓޯ ސަންޓޯގެ ޓީމު މި މެޗަށް ނުކުތީ މޮޅުވެގެން ތާވަލުގެ 17 ވަނައަށް ޖެހިލުމުގެ އުންމީދުގައެވެ. ނަމަވެސް މި ނަތީޖާއާއެކު އަންނަ އަންގާރަ ދުވަހު އެ ޓީމު ރެލިގޭޓްވުމުގެ ބިރު މިވަނީ ބޮޑުވެފައެވެ. މެޗުގެ ފުރަތަމަ 19 މިނެޓު ތެރޭގައި ނިއުކާސަލް އިން ދެ ގޯލު ޖަހައި ލީޑު ނެގުމުން ވެސްޓް ހޭމްއަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 15 ވަނަ މިނެޓުގައި ނިއުކާސަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ނިކް ވޮލްޓެމޭޑްއެވެ. މިއީ މިދިޔަ އަހަރުގެ ކްރިސްމަސްގެ ފަހުން އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ވިލިއަމް އޮސޫލާ ވަނީ ނިއުކާސަލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ގޯލާއެކު ކޯޗު ނޫނޯ ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ޓީމުގެ ސިސްޓަމް ބަދަލުކޮށް، ވެލެންޓިން ކަސްޓެލާނޯސް ކުޅެން އަރުވާފައެވެ.

ދެވަނަ ހާފުގެ 20 ވަނަ މިނެޓުގައި އޮސޫލާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނިއުކާސަލްގެ ލީޑު ފުޅާކޮށްދީފައެވެ. އުމުރުން 22 އަހަރުގެ އޮސޫލާ ވެފައިވަނީ 2018 ވަނަ އަހަރަށްފަހު ނިއުކާސަލްއަށް ލީގު މެޗެއްގައި ދެ ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ކަސްޓެލާނޯސްއެވެ.

މި ނަތީޖާއާއެކު ވެސްޓް ހޭމް އަންނަ ސީޒަނުގައި ޗެމްޕިއަންޝިޕުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި އަންނަ އާދީއްތަ ދުވަހު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމުގެ އިތުރުން، ޓޮޓެންހަމް ކުޅޭ ފަހު ދެ މެޗުން އެ ޓީމު ބަލިވާން ޖެހެއެވެ.

ނިއުކާސަލްއަށް އަދިވެސް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ހޯދުމުގެ ކުޑަ އުންމީދެއް އެބައޮތެވެ. އެގޮތުން އަންނަ ހަފުތާގައި ފުލަމް އަތުން މޮޅުވެ، އެހެން ނަތީޖާތައް ނުކުންނަ ގޮތަކުން އެ ޓީމަށް ތާވަލުގެ އަށްވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | ގަޑިއިރެއް ކުރިންވުލްވްސް ބަލިކޮށް ޓޮޓެންހަމްއިން 2026 ވަނަ އަހަރުގެ ފުރަތަމަ މޮޅު ހޯދައިފި, ކުޅިވަރު | 22 ދުވަސް ކުރިންޑެޒާބީގެ ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެ، ރަސްމީކޮށް ރެލިގޭޝަނަށް ވެއްޓިއްޖެކުޅިވަރު | މަހެއް ކުރިންރެލިގޭޝަނުގެ ބިރުހީވެފައިވާ ޓޮޓްނަމްގެ ހެޑް ކޯޗަކަށް ރޮބާޓޯ ޑި ޒާބީ އައްޔަންކޮށްފިކުޅިވަރު | 2 މަސް ކުރިން