logo
ކުޅިވަރު

ގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާ

އަބްދުﷲ ޣާނިމް
1 ސެޕްޓެމްބަރު 2025 - 08:48
ގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާ

މިދިޔަ ސީޒަނުން ފެށިގެން އަނދަވަޅަކަށް ވެއްތިފައިވާ ގާޑިއޯލާ އާއި ސިޓީއިން މި ޓްރާންސްފާ މާކެޓްގައި ދެވަނަ ކީޕަރެއްގެ ސޮއި ހޯދައިފިއެވެ. އެގޮތުން ޕެޕް ގާޑިއޯލާގެ މެންޗެސްޓަރ ސިޓީން ވަނީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖި ޑޮނަރުމާ ގެ ސޮއި ހޯދާފައެވެ. އެކަން މިއަދު ސިޓީއިން ރަސްމީކޮށް އިޢުލާނުކުރާނެއެވެ. އަދި މިއާއެކު ސިޓީގެ އެއް ނަނަބްރު ގޯލް ކީޕަރު އެޑަސަން ތުރުކިޔޭގެ ފެނަބާޗޭ އަށް ބަދަލުވުމުގެ އެންމެހައި ކަންކަން މިހާރު ފުރިހަމަ ވެފައިޥާކަމަށް ރިޕޯޓްތަައް ބުނެއެވެ.

މީގެކުރިން މިސީޒަނުގައި ގާޑިއޯލާ ވަނީ 31 މިލިޔަން ޔޫރޯ ދީފައި ބާންލީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑްގެ ސޮއި ހޯދާފައެވެ. އަދި މިސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ޓްރެފޯޑް ކުޅެފައިވާއިރު، ޓްރެފޯޑް އަށް ސިޓީގެ ގޯލްކީޕިންގ މައްސަލަ ހައްލުކުރެވިދާނެކަމަށް ގާޑިއޯލާ އަށް ޤަބޫލެއް ނުކުރެވެއެވެ. ސިޓީ މި ސީޒަނުގައި މިހާތަނަށް 3 މެޗު ކުޅެ، 2 މެޗުން ބަލިވެފައިވާއިރު، މިވަޤުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްލަބުގެ އިސްވެރިން މި ޓްރާންސްފަރ ވިންޑޯގެ ސުންގަޑި ކަމަށްވާ ހޯމަ ދުވަހުގެ ހަވީރު 7 ގެ ކުރިން ޑޮނަރުމާއާއެކު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދުކުރެއެވެ. ނަމަވެސް މި މުއާމަލާތް ފުރިހަމަކޮށް އިޢުލާނު ކުރުމުގެ ކުރިން އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް ހުރި ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. 26 އަހަރުގެ ޑޮނަރުމާގެ ސޮއި ހޯދުމަށް ސިޓީއިން ވަނީ 27 މިލިޔަން ޔޫރޯ ހުށަހަޅާފައެވެ.

މީގެ އިތުރުން ފެނަބާޗޭއިން 14 މިލިޔަން ޔޫރޯއާއެކު ސިޓީގެ ކީޕަރު އެޑަސަން ސޮއިކުރުމުގެ އެންމެހައި ކަންކަން ނިމިފައިވާކަމަށް ރިޕޯޓްތައް ލިބެއެވެ. ސިޓީން އެޑަރސަންގެ ޓްރާންސްފަރ ހުއްދަ ދޭނީ ޑޮނަރުމާ ގެ ޓްރާންސްފާ އިޢުލާނުކުރުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 ދުވަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 ދުވަސް ކުރިންއެއް ސީޒަނެއްގައި ދެފަހަރަށް ޓްރާންސްފާ ރެކޯޑް މުގުރާލައި އިސާކް ލިވަޕޫލަށްކުޅިވަރު | 2 ދުވަސް ކުރިން