logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ހާލަންޑްގެ ހެޓްރިކާއެކު ލިވަޕޫލު ލަދުގަންނަވާލުމަށްފަހު ސިޓީ ސެމީފައިނަލަށް

އަބްދުﷲ ޣާނިމް
5 އޭޕްރީލު 2026 - 03:15
ހާލަންޑްގެ ހެޓްރިކާއެކު ލިވަޕޫލު ލަދުގަންނަވާލުމަށްފަހު ސިޓީ ސެމީފައިނަލަށް

އާލިން ހާލަންޑް ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު ލިވަޕޫލް 4-0 އިން ބަލިކޮށް، މެންޗެސްޓަރ ސިޓީން އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހާލަންޑުގެ އިތުރުން އެންޓޮއިން ސެމެންޔޯވެސް ވަނީ ސިޓީއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ލިވަޕޫލްގެ މުހައްމަދު ސަލާހް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އަބްދުކޯދިރު ހުސަނޯވް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސިޓީން މެޗުގެ ލީޑު ނެގީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ލިވަޕޫލްގެ ވާޖިލް ފެން ޑައިކް ސިޓީގެ ނިކޯ އޯރައިލީއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ހާލަންޑް ވަނީ ވަރަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރަތަމަ ހާފު ނިމެން ދަނިކޮށް ސެމެންޔޯ ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމަލާއެއްގައި ހާލަންޑް ވަނީ ސިޓީގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ތެރޭގައި ސެމެންޔޯ ވަނީ ލިވަޕޫލްގެ ކީޕަރު ބޯމަތިން ބޯޅަ ފޮނުވާލައިގެން ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ހާލަންޑް އޭނާގެ ހެޓްރިކް ފުރިހަމަކުރީ 57 ވަނަ މިނެޓުގައި އޯރައިލީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ލިވަޕޫލަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 60 މިނެޓު ފަހުން ލިބުނު ޕެނަލްޓީއެވެ. ނަމަވެސް މުހައްމަދު ސަލާހް ފޮނުވާލި މި ޕެނަލްޓީ ސިޓީގެ ކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ދިފާއުކޮށްފައެވެ. މިއީ ސަލާހް ލިވަޕޫލްގައި ހޭދަކުރާ ފަހު ސީޒަނުގައި އޭނާއަށް ކުރިމަތިވި ހިތްދަތި ވަގުތުކޮޅެކެވެ.

މި ހެޓްރިކާއެކު ހާލަންޑް ވަނީ 2022 ވަނަ އަހަރު ސިޓީއާ ގުޅުނު ފަހުން ހުރިހާ މުބާރާތެއްގައި 12 ހެޓްރިކް ހަމަކޮށްފައެވެ. މިއީ ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑެވެ. މީގެ އިތުރުން ހާލަންޑަކީ 1993-94 ވަނަ އަހަރުގެ ސީޒަނަށްފަހު، އެއް ސީޒަނެއްގައި ލިވަޕޫލް ކޮޅަށް ފަސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާލަންޑްގެ ހެޓްރިކާއެކު ލިވަޕޫލު ލަދުގަންނަވާލުމަށްފަހު ސިޓީ ސެމީފައިނަލަށްކުޅިވަރު | 7 ގަޑިއިރު ކުރިންލިވަޕޫލްގެ ލެޖެންޑް މުޙައްމދު ސަލާޙު ކުލަބު ދޫކޮށްލަން ނިންމައިފިކުޅިވަރު | 11 ދުވަސް ކުރިންވެލްބެކްގެ ދެ ލަނޑާއެކު ލިވަޕޫލް ބަލިވެ، ގަދަ ހަތަރެއްގެ އުންމީދަށް ހުރަސް އެޅިއްޖެކުޅިވަރު | 14 ދުވަސް ކުރިންގަލަތަސަރާއި ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލަށް، ދެން ބައްދަލުކުރާނީ ޕީއެސްޖީއާކުޅިވަރު | 17 ދުވަސް ކުރިން