ޔުއޭފާއިން ރެއާލް ގެ ހަތަރު ކުޅުންތެރިންގެ މައްސަލައިގެ ހުކުމް އިއްވައިފި

ރެއާލް މެޑްރިޑް މިހަފްތާގައި ޗެންޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި އާރސެނަލް އާއި ދެކޮޅަށް ނިކުންނާނެ. ފޮޓޯ: ބީބީސީ

04 އޭޕްރީލު 2025 - 14:36
ރެއާލް ގެ 4 ކުޅުންތެރިންނާއި ދެކޮޅަށް ބަލަމުން ގެންދިޔަ މައްސަލައިގައި އެކުޅުންތެރިން ޖޫރިމަނާކުރަން ޔުއެފާއިން ނިންމައިފިއެވެ. މިއާއެކު އެންޓޯނިއޯ ރޫޑިގަރ، އެމްބާއްޕޭ، ވިނީސިއުސް އަދި ސެބަޔޯސް އަށް އާސެނަލްއާ ދެކޮޅަށް ކުޅެވޭނެއެވެ. ޖަރުމަނު ޑިފެންޑަރާއި އެމްބާޕޭ އާ ސްޕެއިނުގެ މިޑްފީލްޑަރާ ދެކޮޅަށް ކުރިއަށްގެންދިޔަ ތަހުގީގު ނިމުމަކަށް އައިސްފައިވަނީ މި ތިން ކުޅުންތެރިންނަށްވެސް ޖޫރިމަނާ އަކާއެކުގައެވެ. އަދި ކުރިޔަށް އޮތް އަހަރު މިފަދަ ކަމެއް ތަކުރާރުވެއްޖެނަމަ އެއް މެޗުގެ ސަސްޕެންޝަނެއް ދެވޭނެކަމަށް ބުނެފައިވެއެވެ.
ރޫޑިގަރ އަށް 40،000 ޔޫރޯގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާއިރު، އެމްބާޕޭ އަށް 30،000 ޔޫރޯގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. ސެބަލޯސް އަށް 20،000 ޔޫރޯގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާއިރު، ވިނީސިއަސް އަށް އެއްވެސް އަދަބެއް ކަނޑައަޅާފައެއް ނުވެއެވެ.
މި ތަހުގީގު ފެށިފައިވަނީ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުއާޓަރ ފައިނަލް ޖާގަ ހޯދުމަށްފަހު ކުޅުންތެރިން ދެއްކި އިޝާރާތްތަކާ ގުޅިގެން އެތްލެޓިކޯ މެޑްރިޑުން ރަސްމީކޮށް މިމައްސަލަ ޔުއޭފާ އަށް ހުށަހެޅުމުންނެވެ. ޔުއެފާއިން އެންމެ ސީރިއަސްކޮށް ބެލީ ރޫޑިގަރ ދެއްކި އިޝާރާތެވެ. ނަމަވެސް މައްސަލަ ނިންމާލާފައިވަނީ ޖޫރިމަނާއަކުންނެވެ.
މިއީ އެންސެލޮޓީ އަދި މެޑްރިޑުގެ ސަޕޯޓަރުންނަށް އަށް ލިބުނު އުފާވެރި ޚަބަރެލެވެ. އާރސެނަލް މެޗުގައި ޗުއަމެނީ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅެވޭއިރު، ސެބަޔޯސް އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ.
އިތުރު ލިޔުންތައް

ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
6 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
6 މަސް ކުރިން
ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލެސިކޯ މިރޭ: ފަހުގެ ތާރީޚެއްގައި މި ދެޓީމުކުޅޭ އެންމެ ވާދަވެރި މެޗު.
6 މަސް ކުރިން