ޓްރަމްޕާއި އެލޮން މަސްކްއާ ދެކޮޅަށް މުޒާހަރާކުރަނީ


06 އޭޕްރީލު 2025 - 04:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާއަށް ލަފާދިނުމަށް މިހާރު އިސްކޮށް ހުންނަ ބިލިއަނަރު އީލޮން މަސްކްގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގެ ސިޓީތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.
މިއީ ޓްރަމްޕާއި އީލޮން މަސްކް ސަރުކާރު އިސްލާހުކުރުމުގެ ނަމުގައި ފަށާފައިވާ މަސައްކަތްތަކާއި ރައީސްގެ ބާރުތައް އިތުރުކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެކެވެ.
އެމެރިކާގެ 50 ސްޓޭތުގައި 1،200 އަށް ވުރެ ގިނަ މުޒާހަރާ ބާއްވާފައިވާއިރު މި މުޒާހަރާތަކުގައި 250،000 ( ދެލައްކަ ފަންސާސްހާސް) އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކުން ލަފާކުރެއެވެ. މުޒާހަރާކުރި މީހުން ނުރުހުން ފާޅުކޮށްފައިވަނީ މަސްކްގެ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑޯޖް) އިން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން 200،000 (ދެ ލައްކަ) އަށްވުރެ ގިނަ ސަރުކާރުގެ ވަޒީފާތައް އުވާލެވި، މުވައްޒަފުންގެ އިނާޔަތްތައް ކުޑަކޮށްފައިވުމުންނާއި މިދިޔަ ހަފްތާގައި ޓްރަމްޕް އިއުލާނުކުރި ޓެރިފްގެ އަދަދުތަކާއި ތައުލީމާއި އިމިގްރޭޝަނުގެ ސިޔާސަތުތަކާ ދެކޮޅަށެވެ.
މިއީ ޓްރަމްޕްގެ ވެރިކަން ފެށުނު ފަހުން ބޭއްވި މިފަދަ އެންމެ ބޮޑު މުޒާރާއެވެ. މުޒާހަރާގެ ބައިވެރިންވަނީ މިއީ ޓްރަމްޕްއާއި މަސްކުގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ނޫންކަމަށާއި އެއީ ސީދާ އެމެރިކާގެ ރައްޔިތުންނާ ޒާތީގޮތުން ދިމާކޮށްލުމުގެ ގޮތުން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ބުނެފައެވެ.
ޓްރަމްޕްގެ އައު ސިޔާސަތުތަކާ ގުޅިގެން އެމެރިކާގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު މިކަމާ ގުޅިގެން ޓްރަމްޕްވެސް އަދި އެމެރިކާ ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ޓްރަމްޕްކުރާ ދަތުރު ފެންނަނީ ބަނަކޮށް
9 މަސް ކުރިން
ޓްރަމްޕް ނޮހޮވިއްޖެނަމަ ދެން ކުރިމަތިލެއްވުމުގެ ވިސްނުމެއްނެތް
8 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
7 މަސް ކުރިން