logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
12 އޮކްޓޯބަރު 2024 - 06:35
ފޮޓޯ--- ދަ ކްރޭޑަލްސް
ފޮޓޯ--- ދަ ކްރޭޑަލްސް

އީރާނުން މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އުޅަނދުތަކަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

އެމެރިކާގެ ޓްރެޝަރީ އެންޑް ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހުކުރު ދުވަހު އިއުލާނުކުރީ އީރާނުގެ ތެލާއި ޕެޓްރޯކެމިކަލް ދާއިރާއަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ އީރާނުގެ މިސައިލާއި ނިއުކްލިއާ ޕްރޮގްރާމްތަކަށް ދޭ ފައިސާއަށް ހުރަސް އެޅުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފިޔަވަޅުއަޅަން ޖެހުނު ސަބަބެއް ކަމުގައި އެމެރިކާއިން ބުނީ، ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ފޮނުވި މިސައިލް ޙަމަލާތަކުގެ ސަބަބުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވަނީ އީރާނުގެ އަމަލުތައް ކުށްވެރިކުރައްވައި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލުގައި ހަމަނުޖެހުން އުފެދޭ ހަރަކާތްތަށް ފަންޑު ކުރުމުގެ ގާބިލްކަން ތެހެރާނަށް ކުޑަވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ ތެލުގެ ސިނާއަތަށް މިހާރުވެސް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، މި ފިޔަވަޅުތަށް ތަންފީޒުކުރުން އިތުރަށް ހަރުކަށިވާނެ ކަމުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުޔޯކް ސިޓީގެ މޭޔަރު މަމްދާނީގެ ރަސްމީ ގޭކޮޅު ކުރިމައްޗަށް ބޮމެއް ދުނިޔެ | 18 ގަޑިއިރު ކުރިންކުވޭތަށް އޮޅިގެން އެމެރިކާގެ ޖެޓުތަކަކަށް ހަމަލާ ދެވިއްޖެދުނިޔެ | 8 ދުވަސް ކުރިންރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިޚަބަރު | 9 ދުވަސް ކުރިންމެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 10 ދުވަސް ކުރިން