logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވަމުންދާކަމަށް ބުނާ އެމެރިކާގެ އިންޓެލިޖެންސް ލިޔުންތަކަކެއް ލީކުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2024 - 03:05
އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވަމުންދާކަމަށް ބުނާ އެމެރިކާގެ އިންޓެލިޖެންސް ލިޔުންތަކަކެއް ލީކުވެއްޖެ

އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވަމުންދާކަމަށް ބުނާ އެމެރިކާގެ އިންޓެލިޖެންސް ލިޔުންތަކަކެއް ލީކުވެއްޖެއެވެ.

މި ހަފުތާގައި ސޯޝަލް މީޑިއާގައި ފެތުރިފައިވާ އެމެރިކާގެ އިންޓެލިޖެންސްގެ ލިޔުންތަކަކުން ފެންނަގޮތުގައި، އީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ގޮތުގެ މަޢުލޫމާތު އެމެރިކާގެ ސިއްރު އިންޓެލިޖެންސް އޮފީސްތަކުން އެއްކޮށްފައިވެއެވެ. މި ލީކުވުމުގެ ސަބަބުން އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް ރާވަމުންދާ ކަންތައްތަކަށް އަދި އިސްރާއީލާއި އެމެރިކާގެ ގުޅުމަށް ކޮށްފާނެ އަސަރަކާ މެދު ސާފެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާގޮތުގައި އެ ނޫހުން ވަނީ މި ނާޒުކު މަޢުލޫމާތު ލީކުވުމާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންގެ ކޮމެންޓަކަށް އެދިފައެވެ. ނަމަވެސް ކޮމެންޓަކަށް އެދުމުން އެމެރިކާގެ އޮފިޝަލުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވިކަމަށް އެ ނޫހުން ބުނެފަވެއެވެ.

އެހެންކަމުން މި ލިޔުންތަކުގެ ޞައްޙަކަން އޭބީސީ ނިއުސްއަށް ކަށަވަރު ކުރެވިފައިނުވާއިރު، މި ލިޔުންތަކުގައި، ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްރާއީލަށް އީރާނުން ދިން ގާތްގަނޑަކަށް 200 ބެލިސްޓިކް މިސައިިލްގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، އިސްރާއީލުން ބޮޑު ހަމަލާއެއް އީރާނަށް ދިނުމަށް ތައްޔާރުކުރަމުންދާ ކަމަށާއި، އެ ހަމަލާގައި ބޭނުންކުރާނެ ހަތިޔާރުތަކުގެ ބާވަތްތަކާއި އަދަދުތަކުގެ ތަފްޞީލު ހިމަނާފަވެއެވެ.

ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގައިވާ ނިޝާންތަކުން ދައްކާގޮތުގައި، މި ލިޔުންތަކަކީ ނެޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އޭޖެންސީ (އެންޖީއޭ) އިން އެކުލަވާލާފައިވާ ލިޔުންތަކެކެވެ.

މި ލިޔުންތަކާބެހޭ ގޮތުން އޮފީސް އޮފް ދަ ޑައިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސްއިން އޭބީސީ ނިއުސްއަށް އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވިކަމަށް އެ ނޫހުން ބުނެފަވެއެވެ.

މި ޕޯސްޓުތަކުގެ ޞައްޙަކަން ސާބިތުވެއްޖެނަމަ، އެއީ ވަރަށް ބޮޑު އިންޓެލިޖެންސް ލީކެއް ކަމުގައިވާނެއެވެ. އަދި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ފާއިތުވި އަހަރު ހާމަވި ސަތޭކަ އެއްހާ ސިއްރު ލިޔުންތައް ލީކުވި ހާދިސާއާ އެއްފަދަ ކަމެއްގެ ގޮތުގައި އޭބީސީ ނޫހުން ވަނީ ސިފަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން ދައްކާ ވާހަކަ އަޑުއަހަން ތައްޔާރު: އީރާނުގެ މަސްދަރެއްދުނިޔެ | 13 ގަޑިއިރު ކުރިންޓްރަމްޕް ހިމެނޭހެން އެމެރިކާގެ އިސްވެރިންތަކެއް މަރާލަން އުޅުނުކަމުގެ ތުހުމަތު ޕާކިސްތާން މީހަކަށްދުނިޔެ | ދުވަހެއް ކުރިންއީރާނާއެކު މަޝްވަރާތައް ފެށިއްޖެ، ހަކަތައިގެ މަރުކަޒަށްދޭ ހަމަލާތައް 5 ދުވަހަށް މެދުކަނޑާލައިފިން: ޓްރަމްޕްދުނިޔެ | 2 ދުވަސް ކުރިންއިސްރާއީލުގެ ރައީސަކީ "ބަލިކަށި އަދި ދަށުދަރަޖައިގެ މީހެއް": ޓްރަމްޕްދުނިޔެ | 2 ދުވަސް ކުރިން