އީރާނާއި ޣައްޒާ މައްސަލައިގައި ނަތަންޔާހޫއާއި ޓްރަމްޕް މަޝްވަރާކުރަނީ


06 އޭޕްރީލު 2025 - 04:48
އީރާނާއި ޣައްޒާ މައްސަލައިގައި މަޝްވަރާކުރަން ހައްދުފަހަނައެޅި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާކުރަން ހަމަޖެހިޖެއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ނަތަންޔާހޫ ވޮޝިންގްޓަންއަށް ދާނެކަމަށް އޭނާގެ އޮފީހުންވަނީ ބުނެފައެވެ. ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި މި ދަތުރުގެ އެޖެންޑާގައި ހިމެނެނީ ތުރުކީވިލާތާއި-އިސްރާއީލުގެ ގުޅުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމާއި އެމެރިކާއާއި އިސްރާއީލަށް ކުރިމަތިވެފައިވާ އީރާނުގެ ނުރައްކަލުން ސަލާމަތްވުމުގެ މަޝްވަރާތަކާއި ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާއްމު ފުޅާކުރުމަށް އެމެރިކާގެ ރުހުން ހޯދުމާއި އެމެރިކާއިން މިފަހުން އެކުލަވާލި އައު ޓެރިފް ރޭޓްތަކާ ގުޅިގެން ޔަހޫދީންނަށް ދިމާވެފައިވާ ދަތިތަކަށް ލުއި ހޯދަން މަޝްވަރާކުރުމުގެ އިތުރުން ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން ޔަހޫދީންގެ ވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން އުފުލާފައި ދައުވާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމެވެ.
މި ބައްދަލުވުން މާދަމާ ވައިޓް ހައުސްގައި ބޭއްވުމަށް ތައްޔާރުވަމުންދާކަމަށް މައުލޫމާތުލިބެއެވެ. އެމެރިކާއިން މިފަހުން އެކުލަވާލި އައު ޓެރިފް ރޭޓްތަކާ ގުޅިގެން އިސްރާއީލުން 17 އިންސައްތައިގެ ޓެރިފެއް ދައްކަންޖެހެއެވެ. މީގެ 40 އަހަރު ކުރިން ސޮއިކުރެވުނު ދެ ގައުމުގެ ފްރީ ޓްރޭޑް އެގްރީމެންޓުގެ ދަށުން އެމެރިކާގެ މުދަލުގެ 98 އިންސައްތަ އިސްރާއީލަށް ވަންނަނީ ޓެކްސް ނުނަގައެވެ.ނަތަންޠާހޫ މިހާރު ހުރީ ހަންގޭރީގައެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުން އޭނާ ޔޫރަޕަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި މިއީ ނަތަންޔާހޫ ހައްޔަރު ކުރުމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީން ޢަމުރެއް ނެރެފައި ވަނިކޮށް ކޮށްފައިވާ ދަތުރެކެވެ. ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އައިސީސީން އޭނާއާއި ޔަހޫދީ ދިފާއީ ވަޒީރު ޔޮއަވް ގަލަންޓް ހައްޔަރު ކުރުމަށް އައިސީސީން އަމުރެ ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ހަންގޭރިއަކީ އައި.ސީ.ސީގެ މެމްބަރު ޤައުމަކަށް ވީނަމަވެސް، އެ ޤައުމުގެ ވެރިން ވަނީ ނެތަންޔާހޫ ހައްޔަރުކުރުމަށް އިންކާރުކޮށްފައެވެ.
މި ބައްދަލުވުމަކީ އިސްރާއީލުގެ އަނިޔާވެރިކަން އިތުރުކުރުމަށް އެމެރިކާގެ މަދަދު ހޯދުމާއި މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުގެ ހަން ފެތުރުން ފުޅާކުރުމަށް އިތުރަށް ރާވާނެ ބައްދަލުވުމެއްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.
އިތުރު ލިޔުންތައް
.jpg&w=3840&q=75)
ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ޓްރަމްޕްކުރާ ދަތުރު ފެންނަނީ ބަނަކޮށް
9 މަސް ކުރިން
ޓްރަމްޕް ނޮހޮވިއްޖެނަމަ ދެން ކުރިމަތިލެއްވުމުގެ ވިސްނުމެއްނެތް
8 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
7 މަސް ކުރިން