logo
Bank of Maldives

Bank of Maldives

ވިޔަފާރި

ގައުމީ އެއާލައިނުން ޗައިނާގެ އޮޕަރޭޝަންތަކަށް ޖެނެރަލް ކާގޯ ސޭލްސް އެޖެންޓުން ހޯދަނީ

އައިޝަތު ނަޝާތާއައިޝަތު ނަޝާތާ
14 ސެޕްޓެމްބަރު 2024 - 16:16
ގައުމީ އެއާލައިނުގެ އާ އެއާބަސް އޭ330-200-- ފޮޓޯ/ އައިލެންޑް އޭވިއޭޝަން
ގައުމީ އެއާލައިނުގެ އާ އެއާބަސް އޭ330-200-- ފޮޓޯ/ އައިލެންޑް އޭވިއޭޝަން

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޓަރު އައިލެންޑް އޭވިއޭޝަނުން ޗައިނާގެ މާކެޓަށް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ޖެނެރަލް ކާގޯ ސޭލްސް އެޖެންޓްސް (ޖީއެސްއޭ) ހޯދަން އިއުލާނުކޮށްފި އެވެ.

ޗައިނާގެ ގުއާންޒޫ، ޗެންގްޑޫ އަދި ބެއިޖިންއަށް ޖީއެސްއޭ ހޯދުމުގެ މައިގަނޑު މަގްސަދަކީ ރާއްޖެ އަކީ އެންމެ ގިނަ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި އިޝްތިހާރު ކުރުމެވެ. މި އެޖެންޓުން ލޯކަލް ޕާޓްނަރުންނާ ގުޅިގެން މާކެޓިން ކެމްޕެއިންތައް ހިންގައި ޗައިނާގައި އެއެއާލައިންގެ ބައިވެރިވުން ހަރުދަނާކުރުމަށް މަސައްކަތްވެސް ކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖީއެސްއޭގެ ކޮންޓްރެކްޓްތައް ތިން އަހަރަށް ދިގުދެމިގެންދާއިރު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހެ އެވެ.

އައިލެންޑް އޭވިއޭޝަންގެ ކުރިއެރުމުގެ ސްޓްރެޓެޖީއާ އެއްގޮތަށް އާ އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެއް ހޯދުމާ އެކު އެ ކުންފުނީގެ ފްލީޓް ވެސް އިތުރުކުރާނެ އެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އައުމަށް ހަމަޖެހިފައިވާ މި މަތިންދާބޯޓުގައި ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނޮމީ އަދި އެހެން ކްލާސްތައް ހިމަނާފައިވާއިރު، މަތިންދާބޯޓުގައި އެއްފަހަރާ 264 ފަސިންޖަރުން އުފުލޭނެއެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ބަންގްލަދޭޝްގެ ޑާކާ ،ޓްރިވެންޑްރަމް، ކޮޗިން ،ބެންގަލޫރު އަދި ސްރީލަންކާގެ ކޮލަމްބޯ އަށް ދަތުރުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރަނީޚަބަރު | 16 ދުވަސް ކުރިންމާދަމާއިން ފެށިގެން މޯލްޑިވިއަންގެ ފްލައިޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާވާނެޚަބަރު | 5 މަސް ކުރިންޤައުމީ އެއާލައިނަށް ތާރީޚީ ދުވަހެއް، ފަސްވަނަ އޭ.ޓީ.އާރު ބޯޓު ރާއްޖެ ގެނެސްފިޚަބަރު | 5 މަސް ކުރިންމާފަރަށް މިދިޔަ މަހު 98 ޕްރައިވެޓް ޖެޓް ޖެއްސިޚަބަރު | 10 މަސް ކުރިން